ބަޖެޓް 2026: އަމާޒަކީ ދަރަނި 117 ޕަސެންޓަށް ކުޑަކުރުން

ބަޖެޓް 2026: އަމާޒަކީ ދަރަނި 117 ޕަސެންޓަށް ކުޑަކުރުން

Author
ހުސައިން
30 އޮކްޓޯބަރ 2025 02:58
0

އަންނަ އަހަރަށް ލަފާކޮށް 64.2 ބިލިއަން ރުފިޔާގެ ރިކޯޑު އަދަދެއްގެ ބަޖެޓެއް މާލީ ވަޒީރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. މި ބަޖެޓުގެ އިސް އަމާޒަކީ ސަރުކާރުން ދެމުންދާ ހިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމާއި ދައުލަތުގެ ސީދާ ދަރަނި 117 ޕަސެންޓަށް ކުޑަކުރުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ 2028 ވަނަ އަހަރުގެ ނިޔަލަށް އޯވަރޯލް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 5 ޕަސެންޓަށް ދަށްކުރުމާއި ޕީއެސްއައިޕީ ޚަރަދު 7 ޕަސެންޓަށްވުރެ މަތިނުވާނެހެން ކަނޑައެޅުމަކީވެސް ފިސްކަލް އަމާޒުތަކެއްކަމަށެވެ. އަދި ދައުލަތުގެ ރިކަރަންޓް ޚަރަދުތައް ލިބޭ އާމްދަނީން ހަމަޖައްސައި، ދައުލަތުގެ ސީދާ ދަރަނި މެދުރާސްތާގައި ދަށަށްދާނެ މިސްރާބަކަށް ގެނައުމަށްވެސް މަސައްކަތްކުރާނެކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ފާހަގަކުރެއްވީ މިހިނގާ އަހަރުގެ ފުރަތަމަ 40 ހަފްތާގައި ސަރުކާރު ހިނގަމުން އަންނަނީ ވިދިވިދިގެން ސާޕްލަސްގައިކަމަށާއި، ދައުލަތުގެ ރަސްމީ ރިޒާވްގައި 860 މިލިއަން ޑޮލަރު ހުރި ކަމަށެވެ. އެހެންނަމަވެސް 2026 ވަނަ އަހަރު އެއްފަހަރާ 600 މިލިއަން ޑޮލަރު ދެއްކުމުގެ ޒިންމާ އޮތުމުން، ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަކުރުމަށް މުހިންމު ފިސްކަލް ލަނޑުދަނޑިތަކެއް ކަނޑައަޅައިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހުށަހަޅުއްވި ބަޖެޓުގައި 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ހިމެނޭކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.