ރާއްޖެއަށް މި އަހަރު މިހާތަނަށް 1.8 މިލިއަން ފަތުރުވެރިން އަތުވެއްޖެ

ރާއްޖެއަށް މި އަހަރު މިހާތަނަށް 1.8 މިލިއަން ފަތުރުވެރިން އަތުވެއްޖެ

Author
ޙަސަން މުޙައްމަދު
30 އޮކްޓޯބަރ 2025 10:30
0

މި އަހަރުގެ މިހާތަނަށް 1.8 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށް، ފަތުރުވެރިކަން ރަނގަޅު ކުރިއެރުމެއް ހޯދައިފި އެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް 1،804،515 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރު މި މުއްދަތުގައި ޒިޔާރަތްކުރި 1،641،937 ފަތުރުވެރިންނަށްވުރެ 9.9 ޕަސެންޓް އިތުރު އަދަދެކެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިން ކަމަށްވާއިރު، 291،573 ފަތުރުވެރިން މި އަހަރު ޒިޔާރަތްކޮށްފައިވެ އެވެ. ދެވަނައަށް އަންނަނީ ރަޝިއާއިން 223،857 ފަތުރުވެރިންނާއެކު އެވެ. އިނގިރޭސިވިލާތުން 159،615 ފަތުރުވެރިން، ޖަރުމަނުން 132،394 ފަތުރުވެރިން، އިޓަލީން 119،261 ފަތުރުވެރިން، އިންޑިއާއިން 104،500 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ.

ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ 73.8 ޕަސެންޓް ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގަ އެވެ. ގެސްޓްހައުސްތަކުގައި 21.4 ޕަސެންޓް، ހޮޓާތަކުގައި 2.6 ޕަސެންޓް އަދި ސަފާރީތަކުގައި 2.1 ޕަސެންޓް ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ. މިހާރު ރާއްޖޭގައި 174 ރިސޯޓާއި 933 ގެސްޓްހައުސް، 163 ސަފާރީ އުޅަނދާއި 16 ހޮޓާ ހިނގަމުންދާ ކަމަށް ތަފާސްހިސާބުތައް ދައްކައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.