ރާއްޖޭގެ ސިއްޙީ ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި ގެނައުމަށް ހަމަޖެހިފައިވާ 56 އެމްބިއުލާންސްގެ ތެރެއިން ފުރަތަމަ ބެޗްގެ 18 އެމްބިއުލާންސްގެ އިންސްޕެކްޝަންތައް ދުބާއީގައި ކާމިޔާބުކަމާއެކު ނިންމާލެވިއްޖެއެވެ. މި އިންސްޕެކްޝަން ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި ހެލްތު މިނިސްޓްރީގެ އޮފިޝަލުން ހިމެނޭ ޓީމަކުންނެވެ. ރާއްޖެއަށް އެމްބިއުލާންސްތައް ގެނައުމުގެ ކުރިން ބޭނުންވާ މިންގަނޑުތަކާ އެއްގޮތްތޯ ޔަޤީންކުރުމަކީ މި އިންސްޕެކްޝަންގެ މައިގަނޑު ބޭނުމެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަހަރުގެ ތެރޭގައި 60 އަށްވުރެ ގިނަ ރަށަކަށް އެމްބިއުލާންސް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި އިސްކަންދެއްވާނީ އެމްބިއުލާންސް ހަލާކުވެފައިވާ ނުވަތަ މައްސަލަތައް ދިމާވެފައިވާ ރަށްތަކަށް ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
ކޮމެންޓު ފޮނުވާ