ކޯވިޑް-19: ދެއްވަދޫއިން ޕޮޒިޓިވްވި މީހުންގެ އަދަދު 7 އަށް، ރަށް މޮނިޓަރިން އަށް

ކޯވިޑް-19: ދެއްވަދޫއިން ޕޮޒިޓިވްވި މީހުންގެ އަދަދު 7 އަށް، ރަށް މޮނިޓަރިން އަށް

Author
މުޙައްމަދު ޝަޒައިމް
07 ޖެނުއަރީ 2021 10:12
0

ގއ.ދެއްވަދޫގައި ކޯވިޑް-19 އަށް އިތުރު 7 މީހަކު ޕޮޒިޓިވްވެ ރަށް މޮނިޓަރިންއަށް ލައިފިއެވެ.

ގއ. ދެއްވަދޫއިން މިމަހުގެ 06 ވަނަ ދުވަހު ކޯވިޑް19 އަށް ޕޮޒިޓިވްވި ފަރާތާއި ކޮންޓެކްޓްވި 7 މީހުންގެ ސާމްޕަލްތައްވެސް ޕޮޒިޓިވް ވެފައިވާތީ، ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅުއްވައި ގޭގައި ތިއްބަވުމަށް އެރަށު ޓާސްފޯހުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ކަމާއިބެހޭ އިދާރާތަކުން ދެއްވާ އިރުޝާދުތަކާއި އެއްގޮތަށް އަމަލު ކުރައްވުމަށް ވަނީ ދަންނަވާފައެވެ.

ދެއްވަދޫ ކައުންސިލުން ވިދާޅުވީ މިއީ ޝީބިލްޑިންގ ކައިވެނި ޙަފްލާއާ ގުޅުންހުރި ކޭސްއެއް ކަމަށެވެ. އެޙާފްލާއަށް ފަހު އެރަށުގައި ހޯމްކަރަންޓީންގައި ހުރި އުމުރުން ދެ އަހަރުގެ ކުއްޖަކާ ބައްދަލުވި ބަޔަކު ޕޮޒިޓިވް ވަނީ ވެފައެވެ. ދެއްވަދޫން ޖުމަލަ އަށް މީހަކު ޕޮޒިޓިވް ވެފައިވާއިރު މީގެތެރޭގައި ޢުމުރުން ދުވަސްވީ ހައިރިސްކް މީހަކުވެސް ހިމެނޭކަމަށް ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.

މީގެ ތެރޭގައި މުޅިންވެސް ހިމެނެނީ އެގޭގައި ނޫޅޭ މީހުންކަން ކައުންސިލުން ވިދާޅުވެއެވެ. އަދި މިކޭސްއާ ގުޅިގެން އެޢާއިލާއަށް ނިސްބަތްވާ މިގޭގައި ދިރިއުޅޭ މީހަކު މިހާތަނަށް ޕޮޒިޓިވް ނުވާކަމަށް ކައުންސިލުން ވިދާޅުވެއެވެ.

އަދި މިހާރު ދެއްވަދޫގައި ވަނީ އަރާފޭބުން މަނާކޮށް، ރަށުގެ ތެރޭގައި އާންމުކޮށް އެއްވެ އުޅޭ އުޅުންތަކާއި، ޖަމާ އަތުގައި ނަމާދުކުރުންވެސް ވަގުތީ ގޮތުން މެދު ކަނޑާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.