ޅ. ހިންނަވަރުގެ އިމާރާތް ކުރި ފެނަކައިގެ އާ އޮފީސް އިމާރާތް މިއަދު ހުޅުވައިފިއެވެ.
ޅ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހިންނަވަރުގެ ފެނަކަ އާ އިމާރާތް ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ދެ ބުރިއަށް އިމާރާތް ކުރި މި އިމާރާތުގައި އެންމެ ޒަމާނީ ވަސީލަތްތައް ގާއިމްވެފައި ހުންނާނެ ކަމަށް ފެނަކައިން ބުންޏެވެ.
މި އޮފީސް އިމާރާތަކީ ޖާގައިގެ ގޮތުން ތަނަވަސް އިމާރާތަކަށް ވުމުން، މުވައްޒަފުންނަށާއި ޚިދުމަތް ހޯދާ ކަސްޓަމަރުން މިހާރަށްވުރެ ފަަސޭހަ ވެގެންދާނެ ކަމަށް ފެނަކައިން މައުލޫމާތުދެ އެވެ.
ކޮމެންޓު ފޮނުވާ