ނަސްރުގެ ދުވަހަށް ތައްޔާރުވުމަށް ދިވެހި ސިފައިންގެ އަސްކަރީ ތަމްރީނުތަކެއް މާލެ ސަރަހައްދުގައި

ނަސްރުގެ ދުވަހަށް ތައްޔާރުވުމަށް ދިވެހި ސިފައިންގެ އަސްކަރީ ތަމްރީނުތަކެއް މާލެ ސަރަހައްދުގައި

Author
ހުސައިން
25 އޮކްޓޯބަރ 2025 09:15
0

ނަސްރުގެ ދުވަހަށް ތައްޔާރުވުމަށް ދިވެހި ސިފައިންގެ އަސްކަރީ ތަމްރީނުތަކެއް މާލެ ސަރަހައްދުގައި ކުރިއަށްދާނެކަން ޑިފެންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

އެގޮތުން އެ މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މި އަހަރުގެ ނަޞްރުގެ ދުވަހާއި ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކުރިއަށްގެންދާ ޙަރަކާތްތަކެއް މި މަހުގެ 23 އިން އަންނަ މަހުގެ ތިނަކަށް ގްރޭޓާ މާލެ ސަރަހައްދުގައި ކުރިއަށްދާނެ ކަމަށެވެ.

މި ތަމްރީނުގައި ސިފައިން ސިމިއުލޭޝަންގެ ގޮތުގައި ބޭނުންކުރާ ބްލޭންކްސް ފަދަ ގޮވާ ޒާތުގެ ތަކެތި ބޭނުންކުރާގޮތަށް ހަމަޖެހިފައިވާކަމަށްވެސް ޑިފެންސް މިނިސްޓްރީން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.