ހުޅުމާލޭގެ ދުވާރުމަތީގެ ގޮނޑިތަކާއި ބިޔަގަސް ނަގަން ފަށައިފި

ހުޅުމާލޭގެ ދުވާރުމަތީގެ ގޮނޑިތަކާއި ބިޔަގަސް ނަގަން ފަށައިފި

Author
ޙަސަން މުޙައްމަދު
25 އޮކްޓޯބަރ 2025 05:32
0

ހުޅުމާލޭގެ މަގުތަކުގެ ދުވާރުމަތީގައި ބަހައްޓާފައިވާ ގޮނޑިއާއި މޭޒު އަދި ބިޔަވާ ޒާތުގެ ގަސްތައް ނެގުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ފަށައިފިއެވެ. "ހިތްފަސޭހަ ހުޅުމާލެ" ކެމްޕެއިނުގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ ދުވާރުގައި ހުރި ގޮނޑިތަކާއި މޭޒުތަކުގެ ސަބަބުން ހިނގާ މީހުންނަށް ކުރިމަތިވާ ދަތިތަކަށް ހައްލު ހޯދުން ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

އެޗްޑީސީން ހާމަކުރި ގޮތުގައި ހެޖުތަކުގެ ތެރޭގައި އިންދާފައިވާ ބިޔަ ގަސްތަކުގެ ސަބަބުން ހުޅުމާލޭގެ މަގުތަކަށް ޖަމާވާ ފެން ހިންދުމަށް ދަތިވެ، މަގުތަކުގައި ފެންބޮޑުވުމާއި ތާރުގަނޑު ހަލާކުވުން ފަދަ މައްސަލަތައް ދިމާވެއެވެ. 12 ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ސަބަބުން ދުވާރު ބޭނުންކުރާ ފަރާތްތަކަށް ފަސޭހަވެގެންދާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. މި މަސައްކަތް ކުރިއަށްގެންދަނީ އެޗްޑީސީއާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި ހުޅުމާލެ ޕޮލިސް ގުޅިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.