އައްޑޫގެ ރެފެރަންޑަމް ކުރިއަށް: މިހާތަނަށް ވޯޓު ލީ 8 އިންސައްތަ މީހުން

އައްޑޫގެ ރެފެރަންޑަމް ކުރިއަށް: މިހާތަނަށް ވޯޓު ލީ 8 އިންސައްތަ މީހުން

Author
ހުސައިން
25 އޮކްޓޯބަރ 2025 11:25
0

އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތަކެއް ގާއިމުކުރަން ނިންމުމަށް ނަގާ ރެފެރަންޑަމް ވޯޓުލުން މިއަދު ކުރިއަށް ގެންދެވޭނީ ހަވީރު ހަތަރަކާ ހަމައަށެވެ.

މި ވޯޓުލުމުގައި ބައިވެރިވުމުގެ ހައްގު 9،576 މީހަކަށް ލިބިފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ތަފްސީލުތަކުން ދައްކާގޮތުން މިއަދު ހެނދުނު ދިހަޔާ ހަމައަށް 695 މީހުން ވޯޓު ލާފައިވެއެވެ. މިއީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަށް ޕަސެންޓަށްވުރެ މަދު އަދަދެކެވެ.

ރެފެރަންޑަމް ކުރިއަށްދަނީ ޖުމްލަ 18 ވޯޓު ފޮށީގައެވެ. ފޭދޫގައި ފަސް، ހުޅުދޫ އަދި މީދޫގައި ތިން ތިން ފޮށި ހިމެނޭއިރު، މާލޭގައި ހަތް ފޮށި ބަހައްޓާފައިވެއެވެ. ފޮށިތައް ބަންދުކުރުމަށްފަހު 30 މިނެޓު ފަހުން ވޯޓުތައް ގުނަން ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.