ރާއްޖޭގެ ފަތުރުވެރިކަން ބާޒާރަށް މި އަހަރުގެ މިހާތަނަށް 1700 އެނދު އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އަހަރު ފެށުނު އިރު 63،248 އެނދުގައި ހުރި އޮޕަރޭޝަނަލް ބެޑް ކެޕޭސިޓީ މިހާރު ވަނީ 64،948 އެނދަށް އަރާފައެވެ. މި އަދަދުތަކުގައި ރިސޯޓުތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 43،247 އެނދާއި، ގެސްޓް ހައުސްތަކުގެ 15،970 އެނދާއި، ހޮޓާތަކުގެ 2،484 އެނދާއި، ސަފާރީތަކުގެ 3،247 އެނދު ހިމެނެއެވެ. މިހާރު ރާއްޖޭގައި ފަތުރުވެރިންނަށް ހުޅުވާލެވިފައިވާ 174 ރިސޯޓާއި 933 ގެސްޓްހައުސް، 164 ސަފާރީ އަދި 16 ހޮޓާއާ ހިމެނޭހެން ޖުމްލަ 1،287 ޓޫރިސްޓު ފެސިލިޓީއެއް އޮޕަރޭޝަނުގައި ހުރެއެވެ. މި އަހަރު ރާއްޖެއަށް މިހާތަނަށް 1،763،319 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ފާއިތުވި އަހަރާ އަޅާބަލާއިރު 10 އިންސައްތައިގެ ކުރިއެރުމެކެވެ.
ކޮމެންޓު ފޮނުވާ