އިސްރާއީލުން ހުޅަނގު އައްސޭރި އަމިއްލަކުރުމުގެ ގާނޫނުހަދާ މަޖިލިހުން ބަލައިގެންފި

އިސްރާއީލުން ހުޅަނގު އައްސޭރި އަމިއްލަކުރުމުގެ ގާނޫނުހަދާ މަޖިލިހުން ބަލައިގެންފި

Author
ޙަސަން މުޙައްމަދު
23 އޮކްޓޯބަރ 2025 09:30
0

ބައިނަލްއަޤްވާމީ ޤާނޫނާ ފުށުއަރާ ގޮތަކަށް، ފަލަސްތީނުގެ ހުޅަނގު އައްސޭރި އިސްރާއީލުގެ ބައެއްގެ ގޮތުގައި ހެދުމަށް، އިސްރާއީލުގެ ޕާލަމެންޓުން ފުރަތަމަ ފިޔަވަޅު އަޅައިފިއެވެ. އެ ގައުމުގެ 120 ގޮނޑީގެ ކްނެސެޓްގައި ހުށަހެޅި ބިލަށް ފުރަތަމަ ކިޔުމުގެ ހުއްދަ ލިބުނީ އެންމެ 25-24 ވޯޓުންނެވެ. މި ބިލު ފާސްކޮށް ޤާނޫނަކަށް ވުމަށް އަދި ތިން ވޯޓު ބާކީއެވެ.

މި ބިލަށް ވޯޓު ނެގުނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުޅަނގު އައްސޭރި އިޒްރޭލުގެ ބައެއްގެ ގޮތުގައި ހެދުމަށް ހުއްދަ ނުދެއްވާނެ ކަމަށް ވިދާޅުވިތާ އެއް މަސް ފަހުންނެވެ. އަދި މި ވޯޓު ނަގާފައިވަނީ، ގާޒާގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ވަރުގަދަކުރުމަށް އެމެރިކާގެ ނައިބުރައީސް ޖޭޑީ ވެންސް އިސްރާއީލަށް ކުރައްވާ ދަތުރުފުޅެއްގައި ހުންނަވައި ވަގުތެއްގައެވެ.

މި ބިލު ފާސްވެއްޖެނަމަ، އދ ގަރާރުތަކުގައި ބަޔާންކޮށްފައިވާ ދެ ދައުލަތުގެ ހައްލު ހޯދުމުގެ ފުރުސަތު މުޅިން ނެތިގެންދާނެއެވެ. މިހާރުވެސް ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފަށް ގާއިމްކޮށްފައިވާ ސެޓްލްމަންޓްތަކުގައި، ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސްގައި 700،000 އަށްވުރެ ގިނަ އިސްރާއީލު މީހުން ދިރިއުޅެމުން އަންނައިރު، އދގެ މައި ކޯޓުން 2024 ގައި ވަނީ ފަލަސްތީނު ސަރަހައްދުތައް އިސްރާއީލުން ހިފެހެއްޓުމާއި ސެޓްލްމަންޓްތައް ގާއިމްކުރުމަކީ ޤަވާއިދާ ޚިލާފު ކަމެއް ކަމަށް ބުނެ، އެކަން އަވަހަށް ހުއްޓާލުމަށް އަންގާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.