ތެލެސީމިއާ ކުދިންނަށް އެލަވަންސް ހަމަޖައްސަވަނީ

ތެލެސީމިއާ ކުދިންނަށް އެލަވަންސް ހަމަޖައްސަވަނީ

Author
ޙަސަން މުޙައްމަދު
21 އޮކްޓޯބަރ 2025 11:55
0

ތެލެސީމިއާ ބައްޔާއި ކުރިމަތިލާ ކުދިންނަށް މަހަކު 1،000 ރުފިޔާގެ އެލަވަންސްއެއް އަލަށް ތަޢާރަފުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ގަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި އެލަވަންސް އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ދޭން ފަށާނެކަމަށެވެ. މި އެލަވަންސަށް 11.7 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި މިހާރު ތެލެސީމިއާ ކުދިންގެ ގޮތުގައި 982 ކުދިން ރަޖިސްޓްރީވެފައިވާއިރު، މިދިޔަ މަހު އަލަށް 69 ކުދިން ރަޖިސްޓްރީކޮށްފައިވެއެވެ. މީގެ އިތުރުން އެކަނިވެރި މައިންނާއި ބަފައިންނަށް ދެމުން އަންނަ އެލަވަންސް، ކޮންމެ ދަރިއަކަށް މަހަކު 3،000 ރުފިޔާގެ ރޭޓުން އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ބޮޑުކުރައްވާނެކަމަށް ވެސް ރައީސް ވަނީ ހާމަކުރައްވައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.