މިދިޔަ ސެޕްޓެމްބަރު މަހު އަރިދަފުސް ރޯގާއާއެކު 26،604 މީހުން ޑޮކްޓަރަށް ދައްކަން ދިޔަ ކަމަށް ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ އޮގަސްޓް މަހާ އަޅާބަލާއިރު ދަށް އަދަދެއް ކަމުގައިވީނަމަވެސް، ސެޕްޓެމްބަރުގައި ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައިވާ މީހުންގެ އަދަދު އިތުރުވެފައިވެއެވެ. ސެޕްޓެމްބަރު މަހު 257 މީހަކަށް ޑެންގީ ހުން ޖެހިފައިވާއިރު، އޮގަސްޓް މަހު މި ބައްޔަށް ޕޮޒިޓިވީ 250 މީހުންނެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކޮށްފައިވާ މީހުންގެ އަދަދު ފާއިތުވި އަހަރާ އަޅާބަލާއިރު ދަށްވެފައިވެއެވެ. އަދި އިންފްލުއެންޒާ ބައްޔަށް ފައްސިވި މީހުންގެ އަދަދު ވެސް ސެޕްޓެމްބަރުގައި ވަނީ ދަށްވެފައެވެ. އޮގަސްޓް މަހު 181 މީހަކު އިންފްލުއެންޒާއަށް ފައްސިވިއިރު، ސެޕްޓެމްބަރުގައި މި ބައްޔަށް ފައްސިވީ 74 މީހުންނެވެ. ބޭރަށް ހިންގުމާ ހޮޑުލެވުން ފަދަ މައްސަލަތަކާއެކު ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ވެސް ސެޕްޓެމްބަރުގައި ވަނީ ފާއިތުވި މަހާ އަޅާބަލާއިރު ވަރަށް ބޮޑަށް ދަށްވެފައެވެ.
ކޮމެންޓު ފޮނުވާ