ހަމާސް ޖަމާއަތުން ސުލްހައިގެ އެއްބަސްވުމުގެ ޝަރުތުތަކާ ހިލާފުވެފައިވާ ކަމަށް ބުނެ، އިޒްރޭލުން ގާޒާއަށް އެހީގެ ސާމާނު ވައްދައިދިނުން ހުއްޓުވައިލުމަށް ނިންމައިފި އެވެ. މި ނިންމުން ނެގީ ގާޒާގެ ދެކުނުގެ ސަރަހައްދުތަކަށް އިޒްރޭލުން ހަމަލާތައް ދޭން އަލުން ފަށައި، 21 މީހަކު ޝަހީދުވި ދަނޑިވަޅެއްގަ އެވެ.
އިޒްރޭލުގެ ސެކިއުރިޓީ އޮފިޝަލުން ބުނީ ހަމާސް އިން ސުލްހަ އެއްބަސްވުމާ ހިލާފުވެ އިޒްރޭލުގެ ސިފައިންނަށް ހަމަލާ ދީފައިވާތީ މި ފިޔަވަޅު އަޅަންޖެހުނީ ކަމަށެވެ. ނަމަވެސް ހަމާސް އިން މި ތުހުމަތު ދޮގުކޮށް، އެއްބަސްވުމަށް ތާއީދުކުރާ ކަމަށް ބުނެފައިވެ އެވެ.
ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒުކުރަން ފެށުމަށްފަހު، ގާޒާއަށް އެހީގެ ސާމާނު ވައްދައިދިނުމުގެ ހުއްދަ ދީފައިވި އިރު، އެއްބަސްވުމުގައި އިޒްރޭލުން ގާޒާގައި ހިންގާ ހުރިހާ އަސްކަރީ އޮޕަރޭޝަނެއް ހުއްޓުވަންޖެހޭ ކަމަށް ބުނެފައިވެ އެވެ. ފުރަތަމަ މަރުހަލާގައި އިޒްރޭލާއި ފަލަސްތީނުގެ އަސީރުން މިނިވަންކުރުމުގެ މަސައްކަތް ހިނގަމުންދާއިރު، އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް ގާޒާއިން 68،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވެ އެވެ.
ކޮމެންޓު ފޮނުވާ