ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެހުރި ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ޕާޓީގެ ދާއިމީ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕާޓީގެ ގައުމީ ޖަލްސާއާއި ގުޅިގެން ބާއްވާ އިންތިހާބުގައި، ރައީސް، ދެ ނައިބު ރައީސް، ސެކްރެޓަރީ ޖެނެރަލް، ހަޒާންދާރު އަދި ސެނެޓްގެ 14 މެމްބަރުންގެ މަގާމުތަކަށް ވާދަކުރެވޭނެއެވެ. ޝަރުތު ހަމަވާ ފަރާތްތަކުން މި މަހުގެ 23ގެ ކުރިން ފޯމު ހުށަހަޅަންޖެހޭނެއެވެ. 2023 ވަނަ އަހަރުގެ ނޮވެމްބަރު 29 ގައި އީސީން ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީނަށް ފާޓީ އުފެއްދުމުގެ ހުއްދަ ދީފައިވާއިރު، މިދިޔަ އޯގަސްޓުގައި އާޓިފިޝަލް ބީޗުގައި ބޭއްވި ބޮޑު ޖަލްސާއަކީ ޕާޓީގެ ފުރަތަމަ ބޮޑު އެއްވުމެވެ.


