ބޮޑުތަކުރުފާނު މަގުގެ ފެން ހިންދާ ނިޒާމުގެ މަސައްކަތް މި ހަފްތާގައި ނިމޭނެ

ބޮޑުތަކުރުފާނު މަގުގެ ފެން ހިންދާ ނިޒާމުގެ މަސައްކަތް މި ހަފްތާގައި ނިމޭނެ

Author
ޙަސަން މުޙައްމަދު
18 އޮކްޓޯބަރ 2025 04:13
0

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ކުރިއަށްދާ ފެން ހިންދާ ނިޒާމުގެ މަސައްކަތް މި ހަފްތާގެ ނިޔަލަށް ނިންމާލެވޭނެކަމަށް މޯލްޑިވްސް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ބުނެފިއެވެ. މި މަސައްކަތް ފަސް ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު، ފުރަތަމަ ސެގްމަންޓްގައި ލޯކަލް މާރުކޭޓުން ފެށިގެން ރަސްމީ ފާލަމާއަށް ނިމޭ ސަރަޙައްދު ތަރައްޤީކުރަނީއެވެ.

އެމްޓީސީސީން ހާމަކުރި ތަފްސީލްތަކަށް ބަލާއިރު، ފެން ހިންދާ ނިޒާމާއި ހޮޅި އެޅުމުގެ މަސައްކަތުގެ 50 ޕަސެންޓް ވަނީ ނިމިފައެވެ. އަދި ކޭބަލް ޓްރެންޗް އިންސްޓޯލް ކުރުމުގެ 50 ޕަސެންޓާއި، ބަނދަރުގެ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތްތައް މުޅިން ނިމިފައިވާއިރު، ކެރިޖްވޭގެ ސަބްގްރޭޑް މަސައްކަތްތަކާއި ސައިޑްވޯކް ކޮމްޕެކްޓްކުރުމުގެ މަސައްކަތްވެސް ކުރިއަށްދެއެވެ.

ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން މަސްމާރުކޭޓާ ހަމައަށް ޖުމްލަ 830 މީޓަރުގެ މި މަގު ތަރައްޤީކުރަނީ 4 ލޭނަށް ފުޅާކޮށް، ހިނގާ މީހުންނަށް ޚާއްސަ ސަރަޙައްދު ހިމެނޭ ޒަމާނީ މަގަކަށެވެ. މި މަސައްކަތުގައި 737 މީޓަރުގެ އެއްގަމު ތޮށި ހަދަން ހަމަޖެހިފައިވާއިރު، މަގު ފުޅާކުރުމަށްޓަކައި ބައެއް ވަނީ ހިއްކާފައެވެ. 144 މިލިޔަން ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.