ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފެއްދުމަށާއި މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ނެރުމަށް ތިން މަސް ދުވަހުގެ ތަމްރީން ޕްރޮގްރާމަކަށް ކުރިމަތިލުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފި އެވެ.
ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްދާ ޓްރާންސްފޯމިން ފިޝަރީޒް ޕްރޮޖެކްޓުގެ ދަށުން ހިންގާ މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ފަސް ޒުވާން މަސްވެރިއަކު ތަމްރީންކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި ޕްރޮގްރާމްގައި މަސްވެރިކަމާ ބެހޭ ފަންނީ މައުލޫމާތު ދިނުމުގެ އިތުރުން، ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަން ކުރާ އުޅަނދެއްގައި އަމަލީ ގޮތުން ހަރަކާތްތެރިވެ، ރާއްޖޭގެ އެންމެ ފުންނާބުއުސް މަސްވެރިންގެ ފަރާތުން ހުނަރު އުނގެނުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ހާމަކުރި އެވެ.
އަންނަ ނޮވެންބަރުން ފެށިގެން 2026 ވަނަ އަހަރުގެ ޖެނުއަރީގެ ނިޔަލަށް ކުރިއަށްދާ މި ތަމްރީން ޕްރޮގްރާމްގެ މުއްދަތުގައި ބައިވެރިންނަށް ދުވަހު އެލަވަންސެއް ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ. ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 23 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައިވަނީ، އުމުރުން 24 އަހަރުން ދަށުގެ، މަސްވެރިކަމުގެ ސިނާއަތުގައި ހަރާކާތްތެރިވުމަށް ޝައުގުވެރިވާ، މިހާރު ފިޝަރީޒް މިނިސްޓްރީގެ މަސްވެރިންގެ ދަފްތަރުގައި ހިމެނިފައިނުވާ ފަރާތްތަކަށެވެ.
ކޮމެންޓު ފޮނުވާ