ދައުލަތުގެ ވަކީލުން ބޭނުންވަނީ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާއަށް މަރުގެ އަދަބު ދޭން

ދައުލަތުގެ ވަކީލުން ބޭނުންވަނީ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާއަށް މަރުގެ އަދަބު ދޭން

Author
ހުސައިން
18 އޮކްޓޯބަރ 2025 09:34
0

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާއަށް އިންސާނިއްޔަތާ ހިލާފު ޖަރީމާ ހިންގި ކަމުގެ ދައުވާގައި އެ ގައުމުގެ ހައި ކޯޓުން މަރުގެ އަދަބު ދިނުމަށް ބޭނުންވާ ކަމުގައި ދައުލަތުގެ ވަކީލުން ހާމަކޮށްފިއެވެ. ވަކީލުން ހާމަ ކޮށްފައިވަނީ އޭނާއަށް މަރުގެ އަދަބު ދިނުމަށް ދައުލަތުން ބޭނުންވަނީ ހަސީނާގެ ވެރިކަން ވެއްޓުމުގެ ކުރީން ބަންގްލަދޭޝްގައި ހިނގައިދިޔަ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގައި 1،400 އަށް ވުރެ ގިނަ މީހުން މަރުވި މައްސަލައިގައި ކަމުގައެވެ.

ދައުލަތުގެ ވަކީލުން ބުނެފައިވަނީ ހަސީނާއަށް ހައްގުވަނީ 1،400 މަރުގެ ހުކުމް ކަމަށާއި، ނަމަވެސް އެއީ އަމަލީ ގޮތުން ކުރެވޭނެ ކަމެއް ނޫންކަމުން އެއްފަހަރު މަރުގެ އަދަބު ދިނުން ހައްގުވާ ކަމުގައެވެ. ވެރިކަން ވެއްޓުމާ ގުޅިގެން ގައުމު ދޫކުރައްވައި އިންޑިއާގައި ދިރިއުޅުއްވަމުން ގެންދަވާ ހަސީނާގެ އިތުރުން، އެ ސަރުކާރުގެ އިންޓީރިއާ މިނިސްޓަރު އަސަދުއްޒަމާން ހާން ކަމާލްއަށްވެސް މަރުގެ އަދަބު ދޭން ބޭނުންވާކަމަށް ވަކީލުން ހާމަކޮށްފައި ވެއެވެ.

ބަންގްލަދޭޝްގެ ރިޔާސީ އިންތިހާބު އަންނަ އަހަރުގެ ފެބްރުއަރީ މަހު ބާއްވަން ނިންމާފައިވާއިރު، ހަސީނާގެ އަވާމީ ލީގް ޕާޓީއަށް އިންތިހާބުގައި ބައިވެރިވުމާއި އެއްވެސް ހަރަކާތެއް ބޭއްވުން މަނާކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.