ތަރައްޤީގެ މަޝްރޫއުތައް ހަތަރު ފަސް އަހަރަށް ހުއްޓާލަން ނަޝީދު ގޮވާލައްވައިފި

ތަރައްޤީގެ މަޝްރޫއުތައް ހަތަރު ފަސް އަހަރަށް ހުއްޓާލަން ނަޝީދު ގޮވާލައްވައިފި

Author
ހުސައިން
17 އޮކްޓޯބަރ 2025 09:54
0

ރާއްޖޭގައި ކުރިޔަށްދާ އުމްރާނީ މަޝްރޫއުތައް ހަތަރު ފަހަރަކަށް ހުއްޓާލުން މުހިންމުކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ އިގްތިސޯދާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވަނީ ކުރިޔަށް އޮތް އިންތިހާބުތަކުގެ ޝިއާރަކަށް ވާންވީ "އިހަށް އަދި މަޑުކޮށްލާ" ކަމަށް ވިދާޅުވެފައެވެ.

ކޮންކްރީޓަކީ ތަރައްޤީއެއް ނޫންކަމަށާއި އެއީ ދަރަނިކަމަށް ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ ރައްޔިތުންގެ ތަނަވަސްކަން އިތުރުވާނީ ބަޖެޓު ސާޕްލަސް އާއި ރިޒާވް އިތުރުކުރެވި ދަރަނިތައް ކުޑަކުރެވިގެންކަމަށެވެ. ދިވެހީންނަކީ ތަންދޮރު ދަންނަ ހޭލުންތެރި ބައެއްކަމަށް ވިދާޅުވެ ވާން މިދާގޮތާއި އެމަނިކުފާނު ދައްކަވާ ވާހަކަ ރައްޔިތުންނަށް ސާފުވާނެކަމަށް އުއްމީދުކުރައްވާކަމުގައި ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިފަދައިން ވިދާޅުވިއިރު ރައީސް ޑރ މުއިއްޒުގެ ސަރުކާރުން ގެންދަވަނީ އިންތިހާބީ ވައުދުތައް ފުއްދެވުމަށްޓަކައި އެކި ކަންކޮޅުތަކުގައި މަޝްރޫއުތައް ފައްޓަވަމުންނެވެ. ދަރަނިވެރިވެފައި އޮތް ދިވެހި ދައުލަތް އަރަނިވަމުންދާއިރު ދަރަނިތައް ދެއްކުމުގައި ކަންބޮޑުވުމެއް ނެތްކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.