މިދިޔަ މަހު ދިވެހިރާއްޖޭގައި ޖުމްލަ 3،884 ޕާސްޕޯޓު ދޫކުރި ކަމަށް އިމިގްރޭޝަންއިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މީގެ ތެރެއިން މާލޭގައި 2،904 ޕާސްޕޯޓު ދޫކުރި އިރު، އަތޮޅުތެރޭގައި ހިންގާ ބްރާންޗުތަކުން 960 ޕާސްޕޯޓު ދޫކޮށްފައިވެއެވެ.
އަތޮޅުތެރެއިން އެންމެ ގިނަ ޕާސްޕޯޓު ދޫކުރީ އައްޑޫ ސިޓީއިން 146 ޕާސްޕޯޓާއި ކުޅުދުއްފުށީން 144 ޕާސްޕޯޓެވެ. މިހާރު 18 ރަށެއްގައި ޕާސްޕޯޓުގެ ހިދުމަތް ދެމުންދާއިރު، ހަ ރަށަކުން މިދިޔަ މަހު ދޫކުރީ އެންމެ އެއް ޕާސްޕޯޓެވެ. މި ހަފްތާގައި ސަރުކާރުން ށ. މިލަންދޫގައި ވެސް ޕާސްޕޯޓުގެ ހިދުމަތް ދޭން ފަށައިފައިވާއިރު، މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ވެސް މި ހިދުމަތް ފަށާފައިވެއެވެ. އިތުރު ގައުމުތަކަށް ވެސް އެ ހިދުމަތް ފުޅާކުރަން ސަރުކާރުން ނިންމާފައި ވެއެވެ.
ކޮމެންޓު ފޮނުވާ