ށ. އަތޮޅުގެ ހަތަރު ރަށެއްގައި އެއާޕޯޓު އަޅަން ސަރުކާރުން ނިންމި ނިންމުމަކީ އިގުތިސާދީ ގޮތުން ވެސް ބުއްދިހެޔޮ ނިންމުމެއް ނޫންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ފާހަގަކުރެއްވީ، އުތުރުގައި މިހާރުވެސް ހަތަރު އެއާޕޯޓު އޮއްވައި، ބައިގަޑިއިރެއްހާ އިރުގެ ތެރޭގައި ލޯންޗުން ދެވޭހާ ކައިރިން އިތުރު އެއާޕޯޓުތައް އަޅަނީ ކަމަށެވެ. އެހެންކަމުން ހުރިހާ އެއާޕޯޓެއްގައި ވެސް މާލީ ދެކޮޅު ޖެހުމަކަށް މި މަސައްކަތް ނިމޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، މިކަމުގެ ސަބަބުން ގައުމީ އެއާލައިނަށް ދެއުޅިއެއް ނުވާ ހަރަދުތަކެއް ކުރަން ޖެހި، ލޯކަލް ޓޫރިޒަމަށް ލިބެން ޖެހޭ މަންފާ ވެސް ނުލިބޭނެ ކަމަށެވެ. އަދި މިކަމުން ދަތުރުފަތުރުގެ ނިޒާމެއް ރާވައި ހިންގުމުގައި ޕްލޭނެއް ނެތުމާއި ޒިންމާ އަދާރުކަން ކުޑަކަން ފެންނަން އޮތް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ