ތިނަދޫގައި ބޯކޮށް ވާރޭވެހި ގޭގެއަށް ފެންވަދެ ގެއްލުންވެއްޖެ

ތިނަދޫގައި ބޯކޮށް ވާރޭވެހި ގޭގެއަށް ފެންވަދެ ގެއްލުންވެއްޖެ

Author
ހުސައިން
14 އޮކްޓޯބަރ 2025 02:48
0

ހުއްޓުމެއް ނެތި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ގދ. ތިނަދޫގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ގިނަ ގޭގެއަށް ފެންވަދެ، އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ތިނަދޫ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

ރޭ ފެށިގެން ކުރިއަށްދާ ވިއްސާރައިގައި އެ ރަށުގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ، ގިނަ ގޭގެއަށް ފެންވަދެ، ހިފާ ގެންގުޅޭ ތަކެތީގައި ގެއްލުންވެފައިވާ ކަމަށް ކައުންސިލުން ފޭސްބުކްގައި ބުނެފައިވެއެވެ. މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ކައުންސިލުން ބުނެފައިވެއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ބައެއް ގޭގެއަށް ވަރަށް ބޮޑަށް ފެންވަދެފައިވެއެވެ. ދެކުނުގެ ބައެއް ރަށްތަކުގައި ފެންބޮޑުވަމުން އަންނަތީ، އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން ތިނަދޫއާއި މަޑަވެލީގައި ފެން ހިންދުމަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

މެޓް އޮފީހުން ވަނީ ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ހަތަރު ދުވަހު ވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ. އުތުރަށް ވައިޓް އެލާޓް ނެރެފައިވާއިރު، ގއ. އާއި ގދ. އަތޮޅަށް ޔެލޯ އެލާޓް ނެރެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.