ށ ފީވަކު ސްކޫލުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

ށ ފީވަކު ސްކޫލުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

Author
ޙަސަން މުޙައްމަދު
14 އޮކްޓޯބަރ 2025 02:44
0

ށ ފީވަކު ސްކޫލުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މިހާރު ށ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރު ފީވަކަށް ވަޑައިގެން އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރުއެވެ. އަރިހުގައި އެމްޓީސީސީގެ އެމްޑީ އާއި ފީވަކު ކައުންސިލްގެ ރައީސް އާއި އެދާއިރާގެ މަޖިލިސް މެމްބަރު ބައިވެރިވެވަޑައިގެންނެވި އެވެ.

މި މަޝްރޫއަކީ ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

މި މަޝްރޫޢުގެ ދަށުން 6997 އަކަފޫޓުގެ ސަރަޙައްދެއްގައި 19 ކްލާސް ރޫމް ހިމެނޭ 3 ފަންގިފިލާގެ އިމާރާތެއް އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައި އެވެ. އަދި 4736 އަކަފޫޓުގެ ސަރަޙައްދެއްގައި 2 ފަންގިފިލާގެ އޮފީސް އިމާރާތެއް އިމާރާތް ކުރެވޭނެއެވެ. މީގެ އިތުރުން 8719 އަކަފޫޓުގެ ސަރަޙައްދެއްގައި 2 ފަންގިފިލާގެ މަލްޓި ޕާރޕަސް ހޯލަކާއ،ި 97 އަކަފޫޓުގެ ސަރަޙައްދެއްގައި 1 ފަންގިފިލާގެ ސެކިއުރިޓީ ރޫމެއް އިމާރާތް ކުރުމަށްވެސް ވަނީ ހަމަޖެހިފައި އެވެ.

މި މަޝްރޫޢަކީ 58.89 މިލިއަން ރުފިޔާއަށް 540 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.