ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ދެއްވައިފި އެވެ. ތިންވަނަ މޯލްޑިވްސް ޓުއަރިޒަމް އެވޯޑްސް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތު ތަރައްގީކުރުމަށް މަގުފަހިކޮށްދީ ބޭނުންވާ އެހީތައް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ.
މި އެވޯޑުތަކަކީ 2022 ވަނަ އަހަރު ތައާރަފުކުރި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މަސައްކަތް ފާހަގަކޮށް ހިތްވަރުދިނުމުގެ ގޮތުން ދެވޭ އެވޯޑުތަކެކެވެ. މި އަހަރުގެ ރަސްމިއްޔާތުގައި ވަނީ 8 ފެސިލިޓީއަކަށް ޖުމްލަ 10 އެވޯޑު ހަވާލުކޮށްފަ އެވެ. މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް އަހަރު އަންހެނުން ބާރުވެރިކުރުވުމާއި ސަގާފީ އަދި އަތްތެރި މަސައްކަތްތައް ކުރިއެރުވުމަށް އެހީތެރިވާ ފަރާތްތަކަށް އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި ވަކިވަކި ފަރުދުންގެ ޕްރޮފެޝަނަލް ކާމިޔާބީތައް ފާހަގަކުރާ އެވޯޑުތައް ވެސް ތައާރަފުކުރާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ