ގެދޮރުވެރިޔާގެ ފްލެޓްތައް ކުއްޔަށް ދޭނަމަ އެއްބަސްވުން ބާތިލްކޮށް ފްލެޓް އަތުލާނެ

ގެދޮރުވެރިޔާގެ ފްލެޓްތައް ކުއްޔަށް ދޭނަމަ އެއްބަސްވުން ބާތިލްކޮށް ފްލެޓް އަތުލާނެ

Author
ޙަސަން މުޙައްމަދު
11 އޮކްޓޯބަރ 2025 04:34
0

ހުޅުމާލޭގައި ގެދޮރުވެރިޔާ ސްކީމް ދަށުން އިމާރާތްކޮށްފައިވާ 4،000 ފްލެޓުގެ ވެރިން އެއްބަސްވުމާ ޚިލާފަށް އެތަންތަން ކުއްޔަށް ދޭނަމަ އެއްބަސްވުން ބާތިލްކޮށް ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.

އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ދޫކުރާ ފްލެޓްތަކަކީ ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އިސްކަން ދީގެން ދޫކުރާ ތަންތަން ކަމަށެވެ. އެހެންކަމުން ސޯޝަލް ހައުސިންގެ ފްލެޓްތައް ކުއްޔަށް ދިނުމަކީ މަނާކަމެއް ކަމަށާއި، އެއްބަސްވުމާ ޚިލާފަށް ފްލެޓް ކުއްޔަށް ދޭ ފަރާތްތަކާ ހެދިފައިވާ އެއްބަސްވުން ބާޠިލްކޮށް ފްލެޓް އަތުލެވޭނެ ކަމަށް ހަމްދާން ވަނީ ވިދާޅުވެފައެވެ.

މި ފިޔަވަޅު އަޅަން ނިންމީ ފްލެޓު ދީ ނުނިމި އުޅެނިކޮށްވެސް ބޮޑު އަގުގައި ސޯޝަލް މީޑިއާގައި އެތަންތަން ކުއްޔަށް ދޫކުރަން އިޝްތިހާރު ކުރަމުންދާތީއެވެ. އެގޮތުން ތިން ކޮޓަރީގެ އެޕާޓްމަންޓެއް 25،000 ރުފިޔާއަށް ކުއްޔަށް ދޫކުރަން އިޝްތިހާރު ޖަހާފައިވާއިރު، އެފްޑީސީން އެތަނުގެ ކުލީގެ ގޮތުގައި ކަނޑައަޅާފައި ވަނީ 11،500 ރުފިޔާ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ނ ނުރަބޯ
ނުވާނެކަމެއް! ކޮންމެ ސަރުކާރަކުންވެސް ތިހެން ބުނެ އަނދުންއަޅުވާ، ސޯޝަލް ހައުސިންގގެ %75އަކީ ކުއްޔަށް ދޫކޮށްފަ ހުރި ތަންތަން، ރަނގަޅު އޮޑިޓެއް ހަދައިފިއްޔާ ސާފުވާނެ، މިނިވަން މުސްތަޤިއްލު ބަޔަކާ ޙަވާލުކޮށްގެން ކޮށްފިއްޔާ އެނގޭނެ، އެކަމަކު ކުއްޔަށް ތިބޭ މީހުންގެ މަޞްލަޙަތާއި، ކުއްޔަށް ދޫކުރާ މީހުންގެ މަޞްލަޙަތުގައި މަސައްކަތްކުރާ ބަޔަކު ތިބެގެން ކުރާކަމަކުން ޙަޤީޤަތެއް ނުފެންނާނެ.