މުޒާހަރާގައި ހާޓް އެޓޭކް ޖެހުނު ރަސްލާން ގެއަށް ބަދަލު ކޮށްފި

މުޒާހަރާގައި ހާޓް އެޓޭކް ޖެހުނު ރަސްލާން ގެއަށް ބަދަލު ކޮށްފި

Author
އަހުމަދު
10 އޮކްޓޯބަރ 2025 07:46
0

މިދިޔަ ހުކުރު ދުވަހުގެ ރޭ އިދިކޮޅު އެމްޑީޕީން ބޭއްވި މުޒާހަރާގައި ހާޓް އެޓޭކް ޖެހުނު އެ ޕާޓީގެ ގައުމީ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ ނައިބު ރައީސް މުހައްމަދު ރަސްލާންގެ ފަރުވާ ނިންމައި އައިޖީއެމްއެޗުން ގެއަށް ދޫކޮށްލައިފައެވެ.

މުޒާހަރާ ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުންކޮށް، ފުލުހުންނާއި މުޒާހަރާގެ ބައިވެރިންގެ ދެމެދު ކުރިމަތިލުންތައް ހިނގަމުން ދިޔަ ވަގުތު ރަސްލާންގެ ހާލަތު ގޯސްވި އެވެ. ގެއަށް ދޫކޮށްލުމާ އެކު ރަސްލާން ވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔައިރު އޭނާގެ ހާލު ބަލައި އެއްބާރުލުންދިން ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކޮށްފައެވެ.

ރަސްލާން ބަލިވުމާ ގުޅިގެން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެރޭ ސޯޝަލް މީޑިއާގައި ބުނެފައިވަނީ، ސުލްހަވެރިކަމާ އެކު މުޒާހަރާ ކުރާ މީހުންނާ ދެކޮޅަށް ސަރުކާރުން ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް ބޭނުންކުރުމުން ރަސްލާންގެ ހާލަތު ގޯސްވި ކަމަށެވެ. އެ ރޭ މުޒާހަރާގައި ބައިވެރިވި ވަރަށް ގިނަ މީހުން ސޯޝަލް މީޑިއާގައި ފާހަގަކުރީ، ފުލުހުން ބޭނުންކުރި އެލާމުގެ ސަބަބުން ކަންފަތަށް އުނދަގޫތަކެއްވިކަން ނެވެ.

އެކަމަކު އައިޖީއެމްއެޗުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ހާޓް އެޓޭކް ޖެހެނީ އާންމު ގޮތެއްގައި ސިއްހީ ކޮންމެވެސް ސަބަބަކާ ހެދި ހިތުގެ ލޭހޮޅިތައް ބެދި، ހިތުން ބަޔަކަށް ލޭ ފޮނުވުމަށް އަންނަ ހުއްޓުމަކާ ގުޅިގެން ކަމަށެވެ. އެ ބަޔާނުގައި ބުނެފައިވަނީ، ތަފާތު ގޮތްގޮތުން އުފުލާ ބުރައިގެ ސަބަބުން ސިއްހީ މައްސަލައެއް ހުންނަ މީހަކަށް ހާޓް އެޓޭކެއް ޖެހުން ފަދަ ކަމެއް ދިމާވެދާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.