މޭރީ ގްރޭސްގެ މަރުގެ މައްސަލަ: ލަމްހާ އަލުން ބަންދުން ދޫކޮށްލައިފި

މޭރީ ގްރޭސްގެ މަރުގެ މައްސަލަ: ލަމްހާ އަލުން ބަންދުން ދޫކޮށްލައިފި

Author
ހުސައިން
07 އޮކްޓޯބަރ 2025 08:22
0

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް އޮނެޑް ޕިނެޑާގެ މަރުގެ މައްސަލައިގައި ހަލީމަތު ލަމްހާ އަބްދުއްރަހްމާން އަލުން ބަންދުން ދޫކޮށްލާފައިވާކަން އެނގިއްޖެއެވެ. ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ލަމްހާ އަލުން ދޫކޮށްލައިފައި އެތައް ދުވަސްތަކެއް ވެފައިވާއިރު، ކުރިން ވެސް ޝަރުތުތަކަކާއެކު އޭނާ ބަންދުން ދޫކޮށްލާފައިވެއެވެ. އެކަމަކު އެ ފަހަރު ދައުލަތުން މަތީ މަރުހަލާގެ ކޯޓަށް ހުށަހަޅައި ލަމްހާ އަލުން ބަންދުކުރިއެވެ.

މޭރީ ދަންޖެހިގެން ހުއްޓާ ފެނުނުކަމަށް ބުނެ އޭނާގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ 2021 އޮކްޓޯބަރު މަހުގައެވެ. މައްސަލައިގައި ޝައްކުކުރެވޭ ކަންތައްތައް ފެނުމުން މޭރީގެ ފިރިމީހާ މާވިން އެސްވައި ވާގަސް ހައްޔަރު ކުރީ އޮކްޓޯބަރު 27ވަނަ ދުވަހެވެ. މާވިންގެ ލޯބިވެރިޔާކަމަށް ތުހުމަތުކުރެވޭ ދިވެހި އަންހެން މީހާ ލަމްހާ ހައްޔަރުކުރީ ޑިސެމްބަރު 16ވަނަ ދުވަހެވެ.

މާވިންގެ މައްޗަށް މަރުގެ ދައުވާ ކޮށްފައިވާއިރު، ލަމްހާގެ މައްޗަށް ވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރުހިންގުމާއި، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ތިން ދައުވާ އުފުލާފައެވެ. މި ދައުވާތައް ސާބިތުވެއްޖެނަމަ ލަމްހާއަށް މަދުވެގެން ހަ އަހަރަށްވުރެ ދިގު ޖަލު ހުކުމެއް އަންނާނެއެވެ. ލަމްހާ ބަންދު ކުރަން ދައުލަތުން އެދޭއިރު، ކްރިމިނަލް ކޯޓުގެ ހުށަހެޅުމަކީ އޭނާގެ ފައިގައި ޓެގް އަޅުވައި މޮނިޓާ ކުރުން ކަމަށް އެނގިފައިވެއެވެ. މާދަމާގެ އަޑުއެހުމުގައި ބަންދާ ގުޅޭ ގޮތުން އަލުން ގޮތެއް ނިންމާނެކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.