އިންޑޮނޭޝިޔާގެ ސްކޫލް އިމާރާތެއް ވެއްޓި 36 ދަރިވަރުން މަރުވެއްޖެ

އިންޑޮނޭޝިޔާގެ ސްކޫލް އިމާރާތެއް ވެއްޓި 36 ދަރިވަރުން މަރުވެއްޖެ

Author
ހުސައިން
05 އޮކްޓޯބަރ 2025 09:52
0

އިންޑޮނޭޝިޔާގެ އިރުމަތީ ޖާވާގައި ހިންގަމުން ދިޔަ އަލް ކޮޒިނީ ބޯޑިން ސްކޫލުގެ އިމާރާތެއް މެންދުރު ނަމާދު ކުރުމަށް ދަރިވަރުން ތިއްބާ ވެއްޓި ދަށުވުމުގެ ހާދިސާއިން 36 ދަރިވަރުން މަރުވެފައިވާ ކަމަށް ސަލާމަތީ ފަރާތްތަކުން ހާމަކޮށްފިއެވެ. މިދިޔަ ހަފުތާގެ ހޯމަ ދުވަހު ހިނގި މި ހާދިސާގައި ހަތަރު ފަންގިފިލާއަށް ހަދާފައިވާ އިމާރާތުގައި ސަތޭކައެއްހާ ދަރިވަރުން ނަމާދުގައި ތިއްބައެވެ.

13 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާގެ ދަރިވަރުންގެ ތެރެއިން 100 އެއްހާ ބައެއް ސަލާމަތްކުރެވުނު ނަމަވެސް 26 މީހަކު އަދިވެސް ނުފެންނަ ކަމަށް ބުނެފައިވެއެވެ. ދެ ފަންގިފިލާއަށް ހަދަން ހުއްދަ ދީފައިވާ އެ އިމާރާތް ގާނޫނާ ހިލާފަށް ހަތަރު ފަންގިފިލާއަށް ހަދާފައިވާއިރު ވެއްޓުނު ގާކުނޑިތަކާއި ބެރިތައް ހުރި ގޮތުން ރެސްކިއު މަސައްކަތަށް ބޮޑެތި ގޮންޖެހުންތަކަށް ސަލާމަތީ ޓީމުތަކަށް ދިމާވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.