ބައްސާމްގެ ދެ ޕެންޓްހައުސް ހިފެހެއްޓުމުގެ މުއްދަތު އަނެއްކާވެސް އެއް އަހަރަށް އިތުރު ކޮށްފި

ބައްސާމްގެ ދެ ޕެންޓްހައުސް ހިފެހެއްޓުމުގެ މުއްދަތު އަނެއްކާވެސް އެއް އަހަރަށް އިތުރު ކޮށްފި

Author
ޙަސަން މުޙައްމަދު
02 އޮކްޓޯބަރ 2025 05:40
0

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަނެފައިވާ ދެ ޕެންޓްހައުސް ޝަރީއަތުގައި ހިފަހައްޓާފައިވާ މުއްދަތު އިތުރު އެއް އަހަރަށް ދިގުކޮށްފިއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު 9 ގައި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރެއްގެ ދަށުން އެއް އަހަރުގެ މުއްދަތަށް ފުލުހުންނާ ހަވާލުކުރި މި ދެ އެޕާޓްމަންޓް ހިފެހެއްޓުމުގެ މުއްދަތު މިދިޔަ މަހުގެ 28 ގައި ވަނީ ހަމަވެފައެވެ. އެހެންނަމަވެސް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނި ގޮތުގައި، މި ދެ ތަން އިތުރު އެއް އަހަރުދުވަހަށް ހިފަހައްޓުމަށް ކޯޓުން އަލުން އަމުރެއް ނެރެފައި ވާކަމަށެވެ.

ކޮވިޑް-19 ގެ ދުވަސްވަރު ފުޓްބޯޅަ ކްލަބުތަކަށް ދިމާވި މާލީ ދަތިތަކުން އަރައިގަތުމަށް ފީފާއިން އެފްއޭއެމްއަށް ދޫކުރި އެހީގެ ފައިސާ ބޭނުންކޮށްގެން ބައްސާމް މި ދެ އެޕާޓްމަންޓް ގަނެފައިވާ ކަމަށް ފުލުހުން ތުހުމަތުކުރެއެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފުލުހުން މި ދެ ތަން އަތުލީ މި މައްސަލައާ ގުޅިގެން ހިންގަމުންދާ ތަހުގީގުގެ ބޭނުމަށެވެ.

ބައްސާމްގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން މި މައްސަލަ ޝަރީއަތް ދަނީ ކުރިއަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.