ކަޒަކިސްތާނާއި މޮރިޝަސްއަށް ނޮން-ރެސިޑެންޓް ސަފީރުން އައްޔަންކުރުމަށް މަޖިލީހަށް ހުށަހަޅައިފި

ކަޒަކިސްތާނާއި މޮރިޝަސްއަށް ނޮން-ރެސިޑެންޓް ސަފީރުން އައްޔަންކުރުމަށް މަޖިލީހަށް ހުށަހަޅައިފި

Author
ހުސައިން
02 އޮކްޓޯބަރ 2025 11:01
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކަޒަކްސްތާނާއި މޮރިޝަސްއަށް ނޮން-ރެސިޑެންޓް ސަފީރުން އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ސިޓީ މިއަދު މަޖިލީހުގެ ރިޔާސަތުން އިއްވުމުން، ކަޒަކްސްތާނަށް ނޮން-ރެސިޑެންޓް ސަފީރެއްގެ ގޮތުގައި އިންޑިއާއަށް ކަނޑައަޅާފައިވާ ސަފީރު އައިޝަތު އަޒީމާ އައްޔަންކުރުމަށް ހުށަހަޅުއްވާފައިވާ ކަމަށް ވެއެވެ. އަދި މޮރިޝަސްއަށް ނޮން-ރެސިޑެންޓް ސަފީރެއްގެ ގޮތުގައި ސްރީލަންކާއަށް ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރު މަސްއޫދް އިމާދް އައްޔަންކުރުމަށް ހުށަހަޅުއްވާފައިވެއެވެ.

މި ދެ ބޭފުޅުންނަށް ރުހުން ދިނުމާ މެދު މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއް އަންގަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތުމުން، މި މައްސަލަ ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ރިޔާސަތުން ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށް މަޖިލީހުގެ ރިޔާސަތުން ވިދާޅުވެއެވެ.

ނޮން-ރެސިޑެންޓް ސަފީރުންނަކީ އެހެން ގައުމަކަށް ކަނޑައަޅާފައިވާ ސަފީރު، އިތުރު ގައުމަކަށް ވެސް ސަފީރެއްގެ ގޮތުގައި ޚިދުމަތްކުރާ ސަފީރުންނެވެ. މިގޮތަށް ސަފީރުން އައްޔަންކުރުމުން އެ ގައުމުގައި ދާއިމީ ގޮތެއްގައި ސަފީރަކު ނުބެހެއްޓި ނަމަވެސް ޑިޕްލޮމެޓިކް ގުޅުންތައް ބަދަހިކުރެވޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.