ހިޔާނާތުގެ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އާންމުންގެ އެހީއަށް އެދިއްޖެ

ހިޔާނާތުގެ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އާންމުންގެ އެހީއަށް އެދިއްޖެ

Author
މުޙައްމަދު ޝަޒައިމް
07 ޖެނުއަރީ 2021 01:49
0

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ހިޔާނާތުގެ މައްސަލައަކާއި ގުޅިގެން ބިދޭސީ މީހަކު ހޯދުމުގެ ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

މިމައްސަލައާއި ގުޅިގެން ހޯދަމުންދަނީ  ބަނގުލަދޭޝް، މުޙައްމަދު ކޮކާން (40އ) އެވެ.

މުޙައްމަދު ކޮކާންއާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 ށް ގުޅުއްވައި ޙިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

ފަހަކަސް އައިސް މާލޭގައާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިދޭސީންގެ މެދުގައި ހިންގާ ފައިސާގެ މުއާމަލާތާތްތަކާއި، ހިޔާނާތުގެެ މައްސަލަތަކާއި ގުޅިގެން ހަމަނުޖެހުން ހިނގައި މާރާމާރީ ދަނީ ހިންގަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.