ރާމޯސްއަށް ސިޓީން ފާރަލަނީ

ރާމޯސްއަށް ސިޓީން ފާރަލަނީ

Author
އިބްރާހީމް ސާޢިދު
07 ޖެނުއަރީ 2021 01:31
0

ރެއާލް މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޯސްއަށް މެންޗެސްޓާ ސިޓީން ފާރަލަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

2019 ވަނަ އަހަރު ރެއާލުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ ހިލޭ ޓްރާންސްފާއެއްގައި ޗައިނާގެ ކުލަބަކަށް ބަދަލުވާން ރާމޯސް ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. އެ ފަހަރު ޕެރޭޒް ވިދާޅުވީ ރާމޯސް މިހާރު ބޭނުންވަނީ ޗައިނީސް ސުޕަ ލީގުގެ ކުލަބަކަށް ކުޅެން ކަމަށް އޭނާ ގާތު ރާމޯސް ބުނެފައިވާ ކަމަށާއި، ޗައިނާގެ ކުލަބުން ރާމޯސްގެ އޭޖެންޓަށް މީގެ ކުރިން ވަރަށް ރަނގަޅު ހުށަހެޅުމެއް ލިބުނު ކަމަށްވެސް ރާމޯސް ބުނެފައިވާ ކަމަށެވެ.

އުމުރުން 34 އަހަރުގެ ރާމޯސް ރެއާލާއެކު ހަދާފައިވާ އެއްބެސްވުން މި އަހަރުގެ ހޫނު މޫސުމުގައި ހަމަވާނެއެވެ. އަދި މިހާތަނަށް ރެއާލުގެ އެއްބަސްވުން އާކުރުމާ މެދު ރާމޯސް ގޮތެއް ނިންމާފައި ނުވާއިރު، އޭނާއަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ޝައުގުވެރިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންކަމުން ގާޑިއޯލާގެ އެދުމުގެ މަތިން ރާމޯސްއަށް ސިޓީން މިހާރު ފާރަލަމުން އަންނަ ކަމަށްވެސް "އީއެސްޕީއެން" އިން ވަނީ ރިޕޯޓު ކޮށްފައެވެ.

ރާމޯސް އަކީ ރެއާލަށް މިހާތަނަށް ހަތަރުވަނައަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާއެވެ. ސެވިއްޔާ ދޫކޮށް 2005 ވަނަ އަހަރު ރެއާލާ ގުޅުނު ފަހުން އޭނާ ވަނީ އެ ކުލަބަށް ކުޅުނު 666 މެޗުގައި 100 ލަނޑު ކާމިޔާބުކޮށްދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.