ރައްޔިތުން ދަރަނިވެރިވެ ނިކަމެތިވެއްޖެ، އުޅެމުންދާ ދަތިހާލަށް އަވަސް ހައްލެއް ބޭނުންވޭ: އަލީ ރަމީޒު

ރައްޔިތުން ދަރަނިވެރިވެ ނިކަމެތިވެއްޖެ، އުޅެމުންދާ ދަތިހާލަށް އަވަސް ހައްލެއް ބޭނުންވޭ: އަލީ ރަމީޒު

Author
މުޙައްމަދު ޝަޒައިމް
07 ޖެނުއަރީ 2021 01:18
0

ރާއްޖޭގެ ގިނަ ރައްޔިތުން އުޅެމުންދާ ދަތިހާލާއިއެކީ އެތައް ބަޔަކު ދަރަނިވެރިވެ، ދިމާވެފައިވާ މައްސަލަތަކަށް އަވަސް ހައްލެއް ގެނައުމަށް ކަމާއިބެހޭ ފަރާތްތަކަށް އަލީ ރަމީޒު ގޮވާލައިފިއެވެ.

ކޯވިޑް-19 ގެ ދަތިތަކާއިއެކު ރައްޔިތުންނަށް ދިމާވެފައިވާ އިޤްތިޞާދީ ދަތި ހާލަތުގައި އެތައް ބައެއްގެ ދިރިއުޅުމަށް ބޮޑެތި އަސަރުތަކެެއްކޮށް، މާލޭގައި ދިރިއުޅޭ އަތޮޅު ތެރޭގެ ގިނަ އައިލާތަކެއްވެސް ވަނީ އަމިއްލަ ރަށަށް ބަދަލުވެފައެވެ. ރައްޔިތުންގެ ހާލަތާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް އަލީ ރަމީޒު ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ ދިވެހި އެތައް އާއިލާއެއް އަމިއްލަ ދިރިއުޅުމުގައި ފުއްދަންޖެހޭ ޒަރޫރީ ގިނަ ކަންކަންވެސް ނުފުއްދޭ ހާލަތަކަށް ގޮސްފައިވާއިރު، މިކަންކަމާއި ސަރުކާރުން ވަރަސް ސީއަރަސްކޮށް ވިސްނަން ޖެހޭކަމަށެވެ.

އަދި މިކަމުގައި ކަމާއި ބެހޭ ފަރާތްތަކުން އަވަސް ހައްލުތަކެއް ގެނެސް، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއްކަމަށެވެ. އެތައް އާއިލާއެއް ދަރަނިވެރިވެ ދަރަނި އަދާކުރެވޭނެ ގޮތެއް ނެތި އުޅެމުންދާއިރު މިކަމާއި އަޅާލާނެ ބަޔަކު ނެތްކަމީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށް އަލީ ރަމީޒު ވަނީ ބުނެފައެވެ.

ފީތައް ނުދެއްކިގެން ދަރިން ސްކޫލުން ކަނޑާލަނީ ބިލްތައް ނުދެއްކިގެން ކަރަންޓު، ފެން، ފޯން ކަނޑާލަނީ. ކުލި ނުދެއްކިގެން ގެއިން ނެރެލަނީ. މީހުން އަތުން ދަރަންޏަށް ފައިސާ ނަގަނުން ނަމުން އެއްކޮށް ބަނގުރޫޓް ވެއްޖެ. ފައިސާގެ މައްސަލާގައި ގާތް އެކުވެރިންނާއި، މޫނު ކެނޑިއްޖެ. ދަރަނިތައް އަދާކުރެވޭނެ ގޮތެއްވެސް ނެތް. މިއީ މިއަދު ގިނަ ރައްޔިތުން ތަހައްމަލު ކުރަމުންދާ ދަތި ހާލަތެއް. ކަމާއިބެހޭ ފަރާތްތަކުން މިކަންތައްތަކަށް ސީރިއަސް ހައްލެއް ގެނެސްދޭން ޖެހޭ.

– އަލީ ރަމީޒު ބުނެފައިވެއެވެ.

ކޯވިޑް-19 ގެ ދަތި ހާލަތާއިއެކު ރާއްޖޭގެ އެތައް އާއިލާއަކަށް އިޤްތިޞާދީ ގޮތުން ބޮޑެތި އަސަރުތަކެެއްކޮށް، އަދާކުރަމުންދިޔަ ވަޒީފާތަކުން ވަކިކުރުމާއި ގުޅިގެން އާމްދަނީ ލިބޭނެ ގޮތެއްވެސް ވަނީ ނެތިފައެވެ. އިޤްތިޞާދީ މިހާލަތުގައި ސަރުކާރުން އެންމެ އެދެވޭ ގޮތަށް އަމަލު ކުރަމުން ނުދާކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. ކޯވިޑްގެ އެހީގެ ގޮތުގައި އެތައް ގައުމަކުން ރާއްޖެއަށް ބޮޑެތި އެހީތަކެއް ދީފައިވާއިރު، މި އެހީތަކުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތެއްގައި ބޭނުން ކުރެވިފައި ނުވާކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރ ރަސް
މިވެސް ސިޔާސީ ސޭޚެއްތާ
އ އައިސް
ނީވޭނެ......