ފެމިލީ ކޯޓް ވަގުތީގޮތުން ހިންގުން އަބްދުﷲ ގާޒީ އާއި ހަވާލު ކޮށްފި

ފެމިލީ ކޯޓް ވަގުތީގޮތުން ހިންގުން އަބްދުﷲ ގާޒީ އާއި ހަވާލު ކޮށްފި

Author
ޙަސަން މުޙައްމަދު
25 ސެޕްޓެމްބަރ 2025 09:49
0

ފެމިލީ ކޯޓުގެ އިސް ގާޒީ އިބްރާހީމް މާހިރު ހައިކޯޓުގެ ފަނޑިޔާރުކަމަށް ބަދަލުވެވަޑައިގަތުމާ ގުޅިގެން، އެ ކޯޓް ވަގުތީގޮތުން ހިންގެވުމުގެ ޒިންމާ ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދާ ހަވާލުކޮށްފިއެވެ.

ޖުޑީޝިއަލް ސާވިސް ކޮމިޝަނުން ބުނެފައިވަނީ، މި ނިންމުން ނިންމާފައިވަނީ އެ ކޮމިޝަނުގެ މި އަހަރުގެ 34 ވަނަ ޖަލްސާގައި ކަމަށެވެ. އިސް ގާޒީ އިބްރާހީމް މާހިރު މިއަދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވައި ކުރައްވައިފިއެވެ.

ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމު ހުސްވެފައިވާތީ، ޖޭއެސްސީން މިހާރު ވަނީ އެ މަގާމަށް ފަނޑިޔާރުން ހޯދުމަށް އިޢުލާނު ކޮށްފައެވެ. އަލަށް އިސް ގާޒީއެއް ޢައްޔަންކުރެވެންދެން ގާޒީ އަބްދުالله މުހައްމަދު އެ ކޯޓުގެ ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރައްވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.