ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވާ ސިއްޙީކުއްލި ނުރައްކަލު ހާލަތު އުވާނުލެވުނަސް ކައުންސިލް އިންތިޚާބް ބޭއްވޭނެގޮތައް ޤާނޫން އިސްލާާހު ކުރުމަށް ހުށައަޅައިފިއެވެ.
މި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު، ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒުއެވެ.
މަޖިލީހުގެ ޖަލްސާ ބޭއްވުމަށް އެދި އަލީ ނިޔާޒު މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ފޮޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 އާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 އިތުރަށް ފަސްނުކޮށް ބޭއްވޭނެ މަގު ފަހިކުރުމަށްޓަކައި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020 އަށް އިޞްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ސަރުކާރުން ފޮނުއްވާފައިވާތީ، އެބިލަކީ ވީހާވެސް އަވަހަކަށް ނިންމުން މުހިންމު ބިލެއްކަމުން، އެބިލުގެ މަސައްކަތް ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާތަކެއް ބާއްވައިދެއްވުން އެދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 45 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ހުށަހަޅުއްވާ ކަމަށެވެ.
ދައުރުން ބޭރުންޖަލްސާއެއްބާއްވާ ސިއްޙީކުއްލި ނުރައްކަލު ހާލަތު އުވާނުލެވުނަސް ކައުންސިލް އިންތިޚާބް ބޭއްވޭނެގޮތައް ޤާނޫން އިސްލާާހުކުރުމަށް މިއަދު ހުށައަޅައިފިން. pic.twitter.com/1gdpmRFikr
— Ali Niyaz ? (@ali_niya) January 7, 2021
ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގައި މުހިންމު ތިން އިސްލާހެއްވެއްއެވެ.
– ޞިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮތް ނަމަވެސް އިންތިޚާބު ބޭއްވޭނެ ޖާގަ ދިނުން.
– އިންތިޚާބުތަކާއި ބެހޭ ޤާނޫނާއި، ލާމަރުކަޒީ ޤާނޫނުގައި އިންތިޚާބު ބޭއްވުމަށް ކަނޑައަޅާފައިވަ ތާރީހުތަކަށް ކޮންމެހެން އަމަލު ކުރަން ޖެހޭގޮތަށް ބަދަލު ގެނައުން.
– އިންތިޚާބު ބައްވާނެ ތަރީހު ކަނޑައަޅައި، ބޭއްވުމުގެ އިޚްތިޔާރު އިލެކްޝަން ކޮމިޝަނަ ދިނުން.
އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން މިއަދު ބޭއްވި ބައްދަލުވުމުގައިވަނީ މި އިސްލަހުތަކާއިއެކު ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތައް ފާސް ކުރުމަށް ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ނިންމާފައެވެ. ނަމަވެސް ޖަލްސާ ބާއްވަނެ ވަކި ތާރީހެއް ސާފު ވެގެންދާނީ މަޖިލީހުގެ އިދާރާއިން އެކަން އިއުލާން ކުރުމުންނެވެ.
ކޮމެންޓު ފޮނުވާ