ބީއެމްއެލްގެ ޗީފް އިސްލާމިކް ބޭންކިން އޮފިސަރ ހަސަން ކަލާމް އެސްޑީއެފްސީގެ ބޯޑަށް އައްޔަންކޮށްފި

ބީއެމްއެލްގެ ޗީފް އިސްލާމިކް ބޭންކިން އޮފިސަރ ހަސަން ކަލާމް އެސްޑީއެފްސީގެ ބޯޑަށް އައްޔަންކޮށްފި

Author
ޙަސަން މުޙައްމަދު
17 ސެޕްޓެމްބަރ 2025 03:26
0

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ބޯޑް އޮފް ޑިރެކްޓަރސްއަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޗީފް އިސްލާމިކް ބޭންކިން އޮފިސަރ ހަސަން ކަލާމް މިއަދު އައްޔަންކުރެވުނެވެ. ކަލާމް އައްޔަންކުރެވުނީ ނޮން އެގްޒެކްޓިވް ޑިރެކްޓަރެއްގެ ގޮތުގައެވެ.

ފައިނޭންޝަލް ސާވިސަސް އަދި ބޭންކިން ދާއިރާގައި 13 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ކަލާމްއަކީ، ބީއެމްއެލްގެ އިސްލާމިކް ބޭންކިން ހިދުމަތްތައް ކުރިއެރުވުމަށް މުހިންމު ދައުރެއް އަދާކޮށްފައިވާ ބޭފުޅެކެވެ. އަދި ލައިސަންސްޑް ޝަރީއާ އެޑްވައިޒަރެއްގެ ގޮތުގައިވެސް މަސައްކަތްކުރައްވާ ބޭފުޅެކެވެ.

ތަޢުލީމީ ފެންވަރުގެ ގޮތުން ކަލާމްވަނީ މެލޭޝިޔާގެ އިންޓަނޭޝަނަލް ސެންޓަރ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސްއިން މާސްޓަރސް ޑިގްރީ އިން އިސްލާމިކް ފައިނޭންސް ހާސިލުކުރައްވާފައެވެ. މީގެ އިތުރުން ކަލާމްއަކީ ޗާޓަޑް އިންސްޓިޓިއުޓް އޮފް އިސްލާމިކް ފައިނޭންސް ޕްރޮފެޝަނަލްސްގެ ސީނިއަރ އެސޯސިއޭޓް މެންބަރެއްވެސްމެއެވެ.

މި އައްޔަންކުރުމާއެކު އެސްޑީއެފްސީގެ ބޯޑުގައި މިހާރު ހިމެނިވަޑައިގަންނަވަނީ މުހައްމަދު ޝަރީފް، ބަދުރުއްދީން ހަސަން، ފާތިމަތު ފާރިހަތު ވަހީދު، ހަސަން ކަލާމް، ފާތިމަތު އަޒްމާ، އަހްސަލް މުހައްމަދު އަދި ފާތިމަތު ޔަމްނާއެވެ.

އެސްޑީއެފްސީއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ މުއައްސަސާއެކެވެ. މި ކުންފުނި ބޭންކް އޮފް މޯލްޑިވްސްއަށް ވިއްކާލުމަށް ސަރުކާރުގެ ވަޒީރުންގެ މަޖިލީހުން ވަނީ މިދިޔަ ޖުލައި މަހު ނިންމާފައެވެ. މި މުޢާމަލާތް ފުރިހަމަކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް މަޢުލޫމާތު ލިބެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.