އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން ނެރެ ހިންގަމުންދާ ކަންތައްތަކަކީ ބަޢާވާތަކަށް ނުވާނެ އެއްވެސް ގޮތެއް ނެތްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޓްރަމްޕްގެ ސަޕޯޓަރުން އެމެރިކާގެ ގާނޫނު ހަދާ މަޖިލިހަށް ވަދެގަނެ، ހަމަލާދީ އެމެރިކާގައި ހިންގަމުންދަ ހަމަނުޖެހުންތަކަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ބަޢާވާތަކީ ކޮބައިކަން އެމަނިކުފާނަށްވެސް އެގިވަޑައިގަންނަވާކަމަށެވެ. އަދި އެމެރިކާގެ ކެޕިޓަލްގައި ހިނގަމުން ގެންދާ ކަންތައްތަކަކީ ބަޣާވާތާކަށް ނުވާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ރައީް ނަޝީދު ވިދާޅުވިއެވެ.
މިއީ ހަމައެކަނި އެމެރިކާގެ ޑިމޮކްރަސީއަށް ލިބޭނެ ގެއްލުމެއް ނޫން. މިއީ މުޅި ދުނިޔޭގެ މިނިވަން ޑިމޮކްރަސީއަށާއި ޑިމޮކްރަޓިކް އަސާސްތަކަށް ދެވޭ ހަމަލާއެއް.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
The appalling spectacle at the US Capitol right now, is nothing less than an attempted coup d'état. Having been through one, I know what a coup looks like. It’s not just US democracy, but democratic freedoms and norms around the world that are currently under attack.
— Mohamed Nasheed (@MohamedNasheed) January 6, 2021
ރައީސް ނަޝީދު ވެރިކަމުގައި 2012 ވަނަ އަހަރު ފެބުރުއަރީ މަހުގެ 7 ވަނަ ދުވަހު އޭރުގެ ވެރިކަމާއި ދެކޮޅަށް ސަލާމަތީ ބާރުތަކުން ނިކުމެ މުޒާހަރާ ކުރުމާއި ގުޅިގެން އެމަނިކުފާނު ވެރިކަމުން އިސްތިއުފާ ދެއްވާފައެވެ. އިސްތިއުފާ ދެއްވުމަށްފަހު ރައީސް ނަޝީދު ވަނީ އެއީ ބަޢާވާތެއްކަމަށް ވިދާޅުވެ، ގިނަ ބަޔަކާއިއެކު ޖެހިގން އައި ދުވަހު މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ނިކުމެ އިހުތިޖާޖުކޮށް، އެކި ތަންތަނުގައި ހުޅުޖަހައި ރޯކޮށް ހަދާފައެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަން ބަދަލުވި ގޮތާއި ގުޅޭގޮތުން ހެދި ކޯނީ ރިޕޯޓުން ވެރިކަން ބަދަލުވީ ބަޣާވާތަކުން ނޫންކަމަށް ވަނީ ހާމަވެފައެވެ.
ރައީސް ނަޝީދު މިފަދަ ގޮތަކަށް މިއަދު ވިދާޅުވުމުން، އެމަނިކުފާނުގެ ޓްވީޓަށް ކޮމެންޓު ކުރި ބައެއް މީހުން ބުނަމުންދަނީ ވެރިކަމުން ރައީސް ނަޝީދު އިސްތިއުފާ ދެއްވީ އަމިއްލަފުޅަށް ކަމަށާއި، ވެރިކަމުން އިސްތިއުފަ ދެއްވުމަށްފަހު ހިންގެވި ކަންތައްތަކާއި މިއަދު އެމެރިކާގައި ހިނގަމުންދާ ކަންތައްތަކާއި ދާދި އެއްގޮތް ކަމަށެވެ.
ކޮމެންޓު ފޮނުވާ