ބައެއް ރަށްރަށާއި ރިސޯޓްތަކުގައި ސިފައިން ހަތިޔާރާއެކު ތަމްރީންތަކެއް

ބައެއް ރަށްރަށާއި ރިސޯޓްތަކުގައި ސިފައިން ހަތިޔާރާއެކު ތަމްރީންތަކެއް

Author
ޢަލީ އާދަމް
07 ޖެނުއަރީ 2021 10:14
0

މިއަދުންފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ސިފައިން ހަތިޔާރާއެކު ތަމްރީންތަކެއް ބާއްވަން ނިންމައިފި އެވެ.

ޑިފެންސް މިނިސްޓްރީން ބުނީ، މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހާއި ހަމައަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް،އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގައި ހިންގާ ތަމްރީނުތަކެއްގައި ޅ. އަތޮޅުގެ ބައެއް ރަށްރަށުގައާއި ބައެއް ރިސޯޓްތަކުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވާނެކަމަށެވެ.

މި ތަމްރީނުގައި ބައެއް ބާވަތްތަކުގެ ޕައިރޯޓެކްނިކް ބޭނުންކުރާނެ ކަމަށްވެސް ޑިފެންސް މިނިސްޓްރީން ބުނެއެވެ.

މިދިޔަ ޑިސެމްބަރު މަހު ފަހުކޮޅުވެސް ސިފައިން ވަނީ މާލެ ސަރަހައްދުގައި ތަމްރީންތަކެއް ކުރިއަށް ގެންގޮސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.