ކ.ހިންމަފުށީގައި ޤާއިމުކޮށްފައިވާ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގައި މިއަދު ފުލުހުން ޚާއްޞަ ހަރަކާތެއް ފަށައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ދީފައިވާ މަޢުލޫމާތުގައި ވަނީ، ހިންމަފުށީގައި ހިންގަމުންދާ މި ރިހެބިލިޓޭޝަން ސެންޓަރުގައި ފުލުހުންގެ ޚާއްޞަ ޓީމެއް މިވަގުތު ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެހެންނަމަވެސް މި އޮޕަރޭޝަން ހިންގަންޖެހުނު ސަބަބާއި، އޭގެ ތަފްސީލުތައް ފުލުހުން މިވަގުތު ހާމަކޮށްފައެއް ނުވެއެވެ.
މި ސެންޓަރަކީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ބޭނުންވާ ފަރާތްތަކަށް ފަރުވާދީ، އެމީހުން މުޖުތަމަޢަށް އަލުން އަނބުރާ ގެނައުމަށް މަސައްކަތްކުރާ މުހިންމު މަރުކަޒެކެވެ.
ކޮމެންޓު ފޮނުވާ