މަހްލޫފް އެމްޑީޕީން ވަކިވެއްޖެ

މަހްލޫފް އެމްޑީޕީން ވަކިވެއްޖެ

Author
ޙަސަން މުޙައްމަދު
08 ސެޕްޓެމްބަރ 2025 04:05
0

ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް އެމްޑީޕީން ވަކިވެއްޖެ އެވެ. އެމްޑީޕީ ސަރުކާރުގައި ޔޫތު މިނިސްޓަރުކަމުގެ މަޤާމު އަދާކުރެއްވި މަހްލޫފް، ޕާޓީން ވަކިވުމަށް އެދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ވަނީ ސިޓީއެއް ފޮނުއްވާފައެވެ.

ފޮނުއްވި ސިޓީގައި މަހްލޫފް ވިދާޅުވެފައިވަނީ 2015 ވަނަ އަހަރުން ފެށިގެން އެމްޑީޕީއަށް ޚިދުމަތްކުރުމުގެ ފުރުޞަތު ލިބިގެންދިޔަކަމަށާއި، އެކަމަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށެވެ. ޚާއްޞަގޮތެއްގައި ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙްގެ ސަރުކާރުގައި ކެބިނެޓް މެންބަރެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ފުރުޞަތު ލިބުނުކަމަށާއި، ރާއްޖެއަށް ގެނެސްދެއްވި ތަރައްޤީގައި ބައިވެރިވެވުނުކަމަށް މަހްލޫފް ފާހަގަކުރެއްވި އެވެ.

"ރައީސް ޞޯލިޙް ރާއްޖެއަށް ގެނެސްދެއްވި ތަރައްޤީގެ ބައިވެރިއެއްގެ ގޮތުން، އެމަނިކުފާނުގެ ކެބިނެޓުގައި ގިނަ މަސައްކަތްތަކެއް ކުރުމުގެ ފުރުޞަތު ލިބުނީތީ ޝުކުރު އަދާކޮށް އުފާކުރަން،" މަހްލޫފް ސިޓީގައި ވިދާޅުވި އެވެ.

އެމްޑީޕީން ވަކިވުމަށް ނިންމެވި ނިންމެވުމާ ގުޅިގެން، ޕާޓީގެ އެއްވެސް މެންބަރެއްގެ ހިތްހަމަނުޖެހުމެއް އޮތްނަމަ، އެކަމަށް މާފަށް އެދިވަޑައިގަންނަވާ ކަމަށްވެސް މަހްލޫފް ސިޓީގައި ވިދާޅުވެފައިވެ އެވެ. ނަމަވެސް އެމްޑީޕީން ވަކިވުމަށް ނިންމެވި ސަބަބު ސިޓީގައި ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.