މާފުށީ ޖަލު ކުއްލި ހާލަތަށް ގެނެސްފިއެވެ.
ކަމިޝަނާ އޮފް ޕްރިޒަން އަހުމަދު މުހައްމަދުފުޅު ދާދި ދެންމެ އަކު ކުރެއްވި ޓްވީޓްގަިއ ވިދާޅުވީ މާފުށި ޖަލު ސަރަހައްދަށް މިރޭ ބޭރުން ބަޔަކު ގަވައިދާ ހިލާފަށް ވަން ކަމުގެ މައުލޫމާތު ލިބިގެން ޖަލު ވަނީ ކުއްލި ހާލަތަށް ގެނެވިފައިވާކަމަށެވެ. އަދި ޖަލުން އެއްވެސް ގައިދީއެއް ފިލާފައި ނުވާކަން ކަށަވަރު ކޮށްދެއްވާކަމަށް އަހުމަދު ވިދާޅުވިއެވެ.
މާފުށި ޖަލު ސަރަހައްދަށް މިރޭ ބޭރުން ބަޔަކު ގަވައިދާ ހިލާފަށް ވަން ކަމުގެ މައުލޫމާތު ލިބިގެން ޖަލު ވަނީ ކުއްލި ހާލަތަށް ގެނެވިފައެވެ. އަދި ޖަލުން އެއްވެސް ގައިދީއެއް ފިލާފައި ނުވާކަން ކަށަވަރު ކޮށްދެމެވެ.
— Ahmed Mohamed (@ahumadhumohamed) January 6, 2021
މާފުށީ ޖަލުގައި ހިނގައިގެން އުޅޭ ހާދިސާއާއި ގުޅިގެން ކަރެކްޝަން އޮފިސަރުންނާއި ފުލުހުން ގުޅިގެން މިހާރުވެސް ދަނީ ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންނެވެ. މިހާދިސާގެ މާބޮޑު ތަފްސީލެއް ފުލުހުންވެސް އަދި ކަރެކްޝަނުންވެސް ހާމަކޮށްފައި ނުވިނަމަވެސް ޖަލުގައި އާންމު ހާލަތު މާބޮޑަށް ގޯސްވެގެން ނުދާކަމަށް ފުލުހުންވެސް ވަނީ ބުނެފައެވެ.
އަދި މިވަގުތު ޖަލު ކުއްލި ހާލަތަށް ގެނެސްފަައިވުމުން، ޖަލުގެ ކަންކަން ވަރަށް ކައިރިން ބަލަމުންދާކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ