މިދިޔަ މަހު ޑްގަރާއެކު ހައްޔަރުކުރި ފުލުސް އޮފިސަރު ވަޒީފާއިން ވަކި ކޮށްފި

މިދިޔަ މަހު ޑްގަރާއެކު ހައްޔަރުކުރި ފުލުސް އޮފިސަރު ވަޒީފާއިން ވަކި ކޮށްފި

Author
އަހުމަދު
06 ސެޕްޓެމްބަރ 2025 09:39
0

މިދިޔަ މަހު ޑްގަރާއެކު ހައްޔަރުކުރި ފުލުސް އޮފިސަރު އައިޝަތު ޝިޔާޒާ ވަޒީފާއިން ވަކިކުރުމަށް ނިންމައިފި އެވެ.

ފުލުހުން ބުނީ ޝިޔާޒާގެ މައްސަލަ ބެލުމަށް ފަހު ޑިސިޕްލިނަރީ ބޯޑުން އޭނާ ވަކިކުރުމަށް ނިންމާފައިވާ ކަމަށެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޝިޔާޒާގެ އިތުރުން ނޫސްވެރިއެއްގެ ގޮތުގައި ކުރިން އުޅުނު ސައިފުالله އަހުމަދު ހައްޔަރުކުރީ މާފަންނު ވިޔަފާރިވެރިންގެ މިސްކިތް ކައިރިންނެވެ.

އެ ދެ މީހުންގެ ބަންދު އަމުރުގައިވާ ގޮތުން ފުލުހުން ޝިޔާޒާ އާއި ސައިފުالله ހުއްޓުވާފައިވަނީ ދެ މީހުން މަސްތުވާތަކެތި ބަލައި ދިޔަ ވަގުތެއްގަ އެވެ. އެގޮތުން ސައިފުاللهގެ ފަހަތުގައި އިން ޝިޔާޒާގެ ދަބަސް ބަލައި ފާސްކުރުމުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތިން ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް އަމުރުގައިވެ އެވެ.

ދެ މީހުންގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިނަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް އަމުރުގައި ވަނީ ބުނެފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.