ތައިލެންޑުގެ ޕާލިމެންޓުން ދެ އަހަރު ތެރޭގައި ތިން ވަނަ ބޮޑުވަޒީރެއް އިންތިޚާބުކޮށްފިއެވެ. 37 އަހަރުގެ ވިޔަފާރިވެރިޔާ އަނޫޓިން ޗާންވިރަކުލް މި މަގާމަށް އިންތިޚާބުވީ ޕެޓޮންގްޓާން ޝިނަވަތުރާ ދުސްތޫރީ ކޯޓުން ވަކިކުރުމަށްފަހުގައެވެ.
58 އަހަރުގެ އަނޫޓިން އަކީ ބުމްޖައިތައީ (ފަހުރުވެރިކަމާއެކު ތައި) ޕާޓީގެ ލީޑަރެވެ. އޭނާގެ ޕާޓީއަށް 500 ގޮނޑީގެ ޕާލިމެންޓުގައި ލިބިފައިވަނީ 69 ގޮނޑިއެވެ. ނަމަވެސް ޝިނަވަތުރާގެ ފީއު ތައި ޕާޓީ ހިމެނޭ ކޯލިޝަނުން ވަކިވުމަށްފަހު، ބޮޑުވަޒީރުކަމަށް ބޭނުންވާ އަޣުލަބިއްޔަތު ހޯދުމަށް ކާމިޔާބުވެފައިވެއެވެ.
ޝިނަވަތުރާ މަގާމުން ވަކިކުރީ ކެމްބޯޑިއާއާ ދެމެދު ހިނގާ ބޯޑަރު މައްސަލަތަކާ ގުޅޭ ފޯން ކޯލެއް ލީކުވުމާ ގުޅިގެންނެވެ. އެކަމަނާއަކީ ދުސްތޫރީ ކޯޓުން މަގާމުން ވަކިކުރި ފަސްވަނަ ތައި ބޮޑުވަޒީރެވެ. މި އެންމެހައި ބޭފުޅުންނަކީ ތަކްސިން ޝިނަވަތުރާގެ ތާއީދު ލިބިފައިވާ ސަރުކާރުތަކުގެ ވެރިންނެވެ.
ތަކްސިން ޝިނަވަތުރާ އާއިލާއަކީ 2001 ވަނަ އަހަރުން ފެށިގެން ތައިލެންޑު ސިޔާސަތުގައި ނުފޫޒު ގަދަ ބާރަކަށް ވެފައިވާ އާއިލާއެކެވެ. ތަކްސިން އަދި އޭނާގެ ކޮއްކޮ ޔަންގްލަކް ވަނީ 2006 އަދި 2014 ގައި އަސްކަރީ ބަގާވާތްތަކުން ވެރިކަމުން ވަކިކުރެވިފައެވެ. މި އާއިލާގެ ސިޔާސަތުތަކަށް އާމްދަނީ ދަށް ފަންތީގެ ބޮޑު ތާއީދު ލިބުނު ނަމަވެސް، ބެންކޮކްގެ ކޮންޒަވޭޓިވް-ރޯޔަލިސްޓް އެލީޓުން ދައްކާފައިވަނީ ހަރުކަށި ދެކޮޅުހެދުމެކެވެ.
ޕެޓޮންގްޓާން މަގާމުން ވަކިވި ރޭ، ތަކްސިން ޕްރައިވެޓް ޖެޓަކުން ގައުމުން ފުރައިގެން ދިޔައެވެ. އޭނާ ސޯޝަލް މީޑިއާގައި ބުނެފައިވަނީ ބޭސްފަރުވާއަށް ދުބާއީއަށް ދިޔަކަމަށާއި، އަންނަ އަންގާރަ ދުވަހު ކޯޓު އަޑުއެހުމަކަށް އެނބުރި އަންނާނެކަމަށެވެ. އެ މައްސަލާގައި އޭނާ އަލުން ޖަލަށް ފޮނުވާ ފާނެކަމުގެ ބިރު އެބައޮތެވެ.
2023 ވަނަ އަހަރުގެ އިންތިޚާބުގައި އެންމެ ގިނަ ވޯޓު ލިބުނު ފީއު ތައި ޕާޓީ މިހާރު އޮތީ ސަރުކާރުން ބޭރުގައެވެ. އެ ޕާޓީން ބޮޑުވަޒީރުކަމަށް ހުށަހެޅި އެންމެ ފަހު ކެންޑިޑޭޓް ޗައިކަސެމް ނިޓިސިރީ އުޅެނީ ބަލިހާލުގައެވެ.
އަނޫޓިންގެ ބޮޑުވަޒީރުކަން ފެށުމަކީ ތައިލެންޑު ސިޔާސަތުގައި އާ ޗެޕްޓަރެއް ހުޅުވުމެވެ. ނަމަވެސް ފާއިތުވި ދެ އަހަރުގައި ކޯޓުގެ ފިޔަވަޅުތަކާއި އަސްކަރީ ނުފޫޒުގެ ސަބަބުން ސަރުކާރުތަކެއް ވެއްޓިފައިވާތީ، އޭނާގެ ވެރިކަމުގެ ސިޔާސީ ސާބިތުކަމާމެދު ސުވާލުތައް އުފެދެއެވެ.
ކޮމެންޓު ފޮނުވާ