ކ. އަތޮޅަށް މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 668 ހާހަށް އަރައިފި

ކ. އަތޮޅަށް މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 668 ހާހަށް އަރައިފި

Author
ޙަސަން މުޙައްމަދު
06 ސެޕްޓެމްބަރ 2025 10:20
0

ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ކާފު އަތޮޅުގައި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. މިނިސްޓްރީން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި 1.49 މިލިއަން ފަތުރުވެރިންގެ ތެރެއިން 668,668 ފަތުރުވެރިން، އެއީ 44.8 ޕަސެންޓް ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ކ. އަތޮޅުގަ އެވެ.

ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރާ އަތޮޅުތަކުގެ ލިސްޓުގައި ކ. އަތޮޅަށްފަހު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އދ. އަތޮޅަށެވެ. އދ. އަތޮޅުގައި 130,318 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާއިރު، އެއީ ޖުމުލަ ފަތުރުވެރިންގެ 8.7 ޕަސެންޓެވެ. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރ. އަތޮޅަށް ކަމަށްވާއިރު، އެ އަތޮޅުގައި 115,340 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެ އެވެ.

އއ. އަތޮޅުގައި 97,343 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާއިރު، ބ. އަތޮޅުގައި 80,995 ފަތުރުވެރިންނާއި، ދ. އަތޮޅުގައި 74,634 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެ އެވެ. އަދި ނ. އަތޮޅުގައި 68,876 ފަތުރުވެރިންނާއި، ޅ. އަތޮޅުގައި 67,764 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެ އެވެ.

ވ. އަތޮޅުގައި 48,952 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާއިރު، ގއ. އަތޮޅުގައި 20,951 ފަތުރުވެރިންނާއި، މ. އަތޮޅުގައި 16,675 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެ އެވެ. ގދ. އަތޮޅުގައި 12,980 ފަތުރުވެރިންނާއި، ސ. އަތޮޅުގައި 12,726 ފަތުރުވެރިން، އަދި ށ. އަތޮޅުގައި 12,440 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެ އެވެ.

އެންމެ މަދުން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އަތޮޅުތަކުގެ ތެރޭގައި ހއ. އަތޮޅު ހިމެނޭއިރު، އެ އަތޮޅުގައި 10,691 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެ އެވެ. ޏ. އަތޮޅުގައި 5,229 ފަތުރުވެރިންނާއި، ލ. އަތޮޅުގައި 5,048 ފަތުރުވެރިން، ފ. އަތޮޅުގައި 4,377 ފަތުރުވެރިން، ހދ. އަތޮޅުގައި 4,071 ފަތުރުވެރިން އަދި ތ. އަތޮޅުގައި 2,578 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، މިހާރު ރާއްޖޭގައި 174 ރިސޯޓާއި، 906 ގެސްޓްހައުސް، 161 ސަފާރީ އުޅަނދާއި 16 ހޮޓަލް އޮޕަރޭޓް ކުރަމުން ގެންދާކަމަށް ވެސް މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ. މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ކ. އަތޮޅު ވަރަށް މުހިންމު ރޯލެއް އަދާކުރަމުން އަންނަ ކަން ފާހަގަކުރެވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.