ބ. އަތޮޅު ރިސޯޓެއްގައި ނިޔާވެފައި ފެނުނު ކ. ގުރައިދޫ، ތަނޑިރަތްމާގެ، 21 އަހަރުގެ އަދީލް އަހުމަދުގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށްފަހު މިރޭ ވަޅުލާފައިވެއެވެ.
އޮގަސްޓް މަހު ބ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި މަސައްކަތް ކުރަމުން ދިޔަ އަދީލް ނިޔާވެފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމުން، މަރުގައި ޝައްކު އުފެދޭ ކަންކަން ހުރުމުގެ ސަބަބުން އޮޓޮޕްސީ ހެދުމަށް ފުލުހުން ނިންމިއެވެ. ޢާއިލާއިން އޮޓޮޕްސީ ހެދުމާ ދެކޮޅު ހަދާފައިވި ނަމަވެސް، ތަޙްޤީޤުގެ ބޭނުމަށް މި މަހުގެ 2 ވަނަ ދުވަހު އޭނާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ގެންގޮސްފައިވެއެވެ.
އޮޓޮޕްސީ ނިމުމުން އަދީލްގެ ހަށިގަނޑު ރާއްޖެ އައީ މި މަހުގެ 4 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. އޭނާގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންގޮސް، ކަށުނަމާދު ކުރުމަށްފަހު އާސަހަރާ މިސްކިތުގައި ވަޅުލާފައިވަނީ ރޭ ފަތިސް ނަމާދަށް ފަހުގައެވެ.
ކޮމެންޓު ފޮނުވާ