2021 ވަނަ އަހަރު މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އަދި އެޑެކްސެލް ގެ އިމްތިހާނުތައް ތާވަލުކޮށްފައިވާ ގޮތަށް ދިވެހިރާއްޖޭގައި ކުރިޔަށް ދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
2021 ވަނަ އަހަރު މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އަދި އެޑެކްސެލް ގެ އިމްތިހާނުތައް ތާވަލުކޮށްފައިވާ ގޮތަށް ދިވެހިރާއްޖޭގައި ކުރިޔަށް ދާނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
— Ministry of Education (@MoEdumv) January 6, 2021
އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ކުރިންވެސް ތާވަލް ކޮށްފައިވާ ގޮތަށް މި އިމްތިހާނުތައް ރާއްޖޭގައި ބޭއްވިގެންދާނެކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިގޮތަށް ހާމަކޮށްފައިވަނީ ޖޫން މަހު ފެށުމަށް ހަމަޖެހިފައިވާ ޖީސީއެސްއީ އާއި އޭލެވެލް އިމްތިހާން ކޯވިޑް-19 އާ ގުޅިގެން މި އަހަރު ނުބާއްވަން ނިންމިކަން އިނގިރޭސި ވިލާތުން ހާމަކުރުމާއި ގުޅިގެން ބައެއް މީހުންގެ ސުވާލުތައް މީކަމުގައި ކުރިމަތިވަމުންދާތީއެވެ.
ކޯވިޑް-19 އާ ގުޅިގެން ދުނިޔޭގެ ގިނަ ސްކޫލްތައް ބަންދުކޮށްފައިވާތީ ކެމްބްރިޖް އަދި އެޑެކްސެލް ގެ އިމްތިހާނުތައް މިދިޔަ އަހަރު ވަނީ ކެންސަލް ކޮށްފައެވެ. އެގޮތުން ކެމްބްރިޖް އައިޖީސީއެސްއީ އާއި ކެމްބްރިޖް އޯ ލެވެލް އާއި ކެމްބްރިޖް އިންޓަނޭޝަނަލް އޭއެސް އޭ ލެވެލް އަދި ކެމްބްރިޖް އޭއައިސީއީ ޑިޕްލޮމާގެ މެއި އަދި ޖޫން މަހުގެ އިމްތިހާންވެސް މިދިޔަ އަހަރު ބާއްވާފައި ނުވެއެވެ.
ކޮމެންޓު ފޮނުވާ