ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މޯލްޑިވްސް ތާޑް-ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިލެކްޝަންސް ކޮމިޝަނުން މިއަދު އުވާލައިފި އެވެ. އަދި ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އެ ޕާޓީ އުނިކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ ގެޒެޓު ކުރި އިއުލާނެއްގައި ބުނެފައިވެ އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ޕާޓީއެއް ދެމެހެއްޓުމަށް މަދުވެގެން 3،000 މެންބަރުން އެ ޕާޓީގައި ރަޖިސްޓަރީ ވެފައި ތިބެންޖެހެ އެވެ. އެމްޓީޑީ އުވާލަން ޖެހުނީ މި ގާނޫނީ ޝަރުޠު ފުރިހަމަ ކުރުމަށް ދީފައިވާ މުއްދަތުގައި ވެސް ބޭނުންވާ މެންބަރުންގެ އަދަދު ހަމަނުވުމުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވި އެވެ.
މީގެ ކުރިން 2022 ވަނަ އަހަރު ވެސް މެންބަރުންގެ އަދަދު ހަމަނުވުމުގެ ސަބަބުން އިލެކްޝަންސް ކޮމިޝަނުން އެމްޓީޑީއަށް ނޯޓިސް ދީފައިވެ އެވެ. އެހެންނަމަވެސް އެ ފަހަރު ގާނޫނުގައި ކަނޑައަޅާފައިވާ މެންބަރުންގެ އަދަދު އެމްޓީޑީން ހަމަކޮށްފައިވެ އެވެ. މިފަހަރު އެ ޕާޓީއަށް ގާނޫނީ ޝަރުޠު ފުރިހަމަ ކުރެވިފައި ނުވުމުން، މިއަދުން ފެށިގެން އެމްޓީޑީ ރަސްމީ ގޮތުން އުވިގެން ގޮސްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކޮށްފައި ވެއެވެ.
ކޮމެންޓު ފޮނުވާ