ފުލުހުންގެ ހިދުމަތަށް ދިގު މުއްދަތުގައި ހިދުމަތްކުރި މުވައްޒަފުންނަށް ހަނދާނީ ފިލާ އަރުވައިފި

ފުލުހުންގެ ހިދުމަތަށް ދިގު މުއްދަތުގައި ހިދުމަތްކުރި މުވައްޒަފުންނަށް ހަނދާނީ ފިލާ އަރުވައިފި

Author
އަހުމަދު
01 ސެޕްޓެމްބަރ 2025 02:56
0

ދިވެހި ފުލުހުންގެ ހިދުމަތް ދުވަހު ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ދިގު މުއްދަތެއްގައި ހިދުމަތްކޮށްފައިވާ ފުލުހުންގެ މުވައްޒަފުންގެ އަގު ވަޒަންކޮށް، އެކި މުއްދަތުތަކަށް ހިދުމަތްކުރި މުވައްޒަފުންނަށް ހަނދާނީ ފިލާ ހަވާލުކޮށްފި އެވެ.

މި ރަސްމިއްޔާތުގައި 20 އަހަރު، 25 އަހަރު، 30 އަހަރު އަދި 35 އަހަރަށްވުރެ ގިނަ ދުވަހު ފުލުހުންގެ ހިދުމަތުގައި މަސައްކަތްކޮށްފައިވާ މުވައްޒަފުންނަށް ހާއްސަ ހަނދާނީ ފިލާތައް ދިނުމުގެ ރަސްމިއްޔާތު ބޭއްވުނެވެ. މި ހަނދާނީ ފިލާތައް މުވައްޒަފުންނާ ހަވާލުކޮށްދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން އެވެ.

މިއަދަކީ 2004 ވަނަ އަހަރު ދިވެހި ފުލުހުންގެ މުއައްސަސާ މިނިވަން މުއައްސަސާއެއްގެ ގޮތުގައި ޤާއިމުވެ، ރައްޔިތުންނަށް ހިދުމަތްދޭން ފަށާފައިވާ ދުވަހެވެ. އެހެންކަމުން މިއަހަރު ފާހަގަކުރަމުން މިދަނީ ދިވެހި ފުލުހުންގެ މުއައްސަސާ މިނިވަން މުއައްސަސާއެއްގެ ގޮތުގައި ޤާއިމުވެ، ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދޭތާ 21 ވަނަ އަހަރެވެ. މި މުހިންމު ދުވަހުގައި ފުލުހުންގެ ހިދުމަތުގައި އުޅުއްވާ އެންމެހައި މުވައްޒަފުންގެ ހިދުމަތުގެ އަގު ވަޒަންކުރުމަކީ މުއައްސަސާގެ ތަރައްޤީއަށް އެ ބޭފުޅުން ކޮށްދެއްވާފައިވާ ހިދުމަތްތަކަށް ޝުކުރު އަދާކުރުމުގެ ގޮތުން ކުރެވޭ ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.