އއ. އުކުޅަހުގައި ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ 26 އަހަރުގެ ފިރިހެނަކު، އޭނާގެ 60 އަހަރުން މައްޗަށް ގޮސްފައިވާ ބައްޕައަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭގެ 10:30 ގެ ވަގުތެއްގައި ކަމަށާއި، މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރެވިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. އެރަށުން މައުލޫމާތު ދިން ފަރާތްތަކުން ބުނާ ގޮތުގައި، ހަމަލާ ދީފައިވަނީ ފިރިހެން ކުއްޖާގެ ބަނޑާ ދިމާލަށް ކަމަށެވެ.
އަނިޔާވި ފަރާތަށް މިވަގުތު އުކުޅަސް ހެލްތު ސެންޓަރުގައި ފަރުވާ ދެމުންދާ ކަމަށާއި، ޑޮކްޓަރުންގެ މައުލޫމާތުގައި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
ހަމަލާދިން ފިރިހެން ކުއްޖާއަކީ ފުރާވަރުން ފެށިގެން ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންދާ މީހެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ