މިފްކޯއިން ފުވައްމުލަކުން މަސް ގަތުން ފަށައިފި، ޕްރޮސެސިންގ ސެންޓަރު މިއަހަރު ހުޅުވޭނެ

މިފްކޯއިން ފުވައްމުލަކުން މަސް ގަތުން ފަށައިފި، ޕްރޮސެސިންގ ސެންޓަރު މިއަހަރު ހުޅުވޭނެ

ގުޅުންހުރި

ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ފުވައްމުލަކު ސިޓީން މަސް ގަންނަން ފަށައިފިއެވެ. މިފްކޯގެ ބޯޓު މިދިޔަ ބުރާސްފަތި ދުވަހު ފުވައްމުލަކަށް ބަނދަރުކޮށް، މިއަދުން ފެށިގެން އެ ސިޓީގެ މަސްވެރިންގެ އަތުން މަސް ގަތުން ފެށިކަމަށް އެ ކުންފުނިން މިރޭ ކުރި އިއުލާނެއްގައި ބުނެފައިވެއެވެ.

މީގެ ކުރިން މިމަހު ތެރޭގައި މިފްކޯގެ ސީއީއޯ ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް ފަރުހަތު ޝަހީރު ފުވައްމުލަކު ސިޓީ ކައުންސިލާ ބައްދަލުކުރައްވައި، އެ ސިޓީން މަސް ގަތުމަށް ވައުދުވެވަޑައިގެންނެވިކަން މިފްކޯއިން ފާހަގަކޮށްފައިވެއެވެ. އެ ވައުދާ އެއްގޮތަށް މިހާރު ވަނީ މަސް ގަތުން ފަށައިފައެވެ.

ފުވައްމުލަކު ސިޓީގައި މިފްކޯއިން ގާއިމުކުރަމުންދާ މަސް ޕްރޮސެސް ކުރާ މަރުކަޒުގެ މަސައްކަތް މިއަހަރު ތެރޭގައި ނިމި، ޚިދުމަތްދޭން ފެށޭނެކަމަށް އެ ކުންފުނިން ބުނެއެވެ. މި މަރުކަޒު ހުޅުވުމުން ޕްރޮސެސް ކޮށްފައި ތައްޔާރުކުރާ މަސް ފުވައްމުލަކު ސިޓީގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ގަތުމުގެ ފުރުޞަތު ލިބޭނެ އިންތިޒާމުތައް ހަމަޖެހޭނެކަމުގެ ޔަގީންކަން މިފްކޯއިން ދީފައިވެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގެ މަސްވެރިން ދިމާވާ އެންމެ ބޮޑު އެއް ދައްޗަކީ މަސް ވިއްކޭނެ ރަނގަޅު އިންތިޒާމުތައް ނެތުމެވެ. މި މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން މިފްކޯއިން ރާއްޖޭގެ އެކި ހިސާބުތަކުން މަސް ގަތުމުގެ އިންތިޒާމުތައް ފުޅާކުރަމުންދާކަމަށް އެ ކުންފުނިން ބުނެއެވެ.

މިގޮތުން އައްޑޫ ސިޓީން ގަންނަ މަސް ހުވަދުއަށް ނުގެންގޮސް ސީދާ އައްޑޫން އެކްސްޕޯޓް ކުރުމުގެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި ފެށުމަށް ރާވާފައިވާކަމަށް މިފްކޯއިން މީގެ ހަފުތާއެއް ކުރިން ބުނެފައިވެއެވެ. އަދި އައްޑޫ ސިޓީގައި ވެސް މަހަށް ވެލިއު އެޑް ކުރުމުގެ މަސައްކަތްތައް މިއަހަރުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ