ރައީސް ޔާމީން ޖަލަށްލި މައްސަލައިގެ އިސްތިއުނާފު ހުކުމް މިމަހުގެ 14 ވަނަ ދުވަހު

ރައީސް ޔާމީން ޖަލަށްލި މައްސަލައިގެ އިސްތިއުނާފު ހުކުމް މިމަހުގެ 14 ވަނަ ދުވަހު

Author
މުޙައްމަދު ޝަޒައިމް
06 ޖެނުއަރީ 2021 04:07
0

ކުރީގެ ރައީސް އަބްދުﷲ ޔާމީން މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފު ނިންމައި އަންނަ ހަފުތާގެ ބުރާސްފަތި ދުވަހު ހުކުމް ކުރަން ހައި ކޯޓުން ތާވަލްކޮށްފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމަށް ކްރިމިނަލްކޯޓުން ކުރި ޙުކުމްގެ އިސްތިއުނާފް އަޑުއެހުންތައް ހައިކޯޓުގައި ނިންމާލައިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހު އެެވެ.

އިސްތިއުނާފުގެ އެންމެ ފަހު އަޑު އެހުމުގައި ރައީސް ޔާމީންވަނީ ގއ. ވޮޑަމުލާއަކީ އެމަނިކުފާނުގެ ވެރިކަމުގައި ދޫކުރި ރަށެއްނޫންކަމަށް ވިދާޅުވެފައެވެ. އެރަށް ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރުމުގެ އެއްވެސް ވާހަކައެއް ރައީސް ޔާމީނާހަމައަށް ގެންދަންޖެހޭ ސަބަބެއް ނެތް ކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. ދައުލަތުގެ ވަކީލުން ވިދާޅުވީ ރައީސް ކަމުގައި ހުންނަވައިގެން ވިޔަފާރި ކުރުމަކީ ޤާނޫނީ ގޮތުން މަނާ ކަމަކަށްވާއިރު އެކައުންޓަށް ޖަމާވި ފައިސާ ރައީސް ޔާމީން އިންވެސްޓްކޮށްފައިވާކަމަށެވެ.

ރައީސް ޔާމީން ޖަލަށް ލާފައިވާ މައްސަލައިގެ އިސްތިއުނާފުގެ ހުކުމް އަންނަ ހަފްތާގެ ބްރާސްފަތި ދުވަހަށް ތާވަލް ކޮށްފައިވާއިރު، ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ދޭއް ޖަހާއިރު ކްރިމިނަލް ކޯޓުގައި ވަނީ ޝެޑިއުލްކޮށްފައެވެ.

މަނީ ލޯންޑަރިންގެ ކުށުގައި ރައީސް ޔަމީން ގެންދަވަނީ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. އަދި މި މައްސަލާގައި 5 މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާކޮށް އެ ފައިސާވެސް ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.